ads
ބީއެމްއެލް ކުރިމަތީގައި ހެދި ޕާކިން ޒޯން---ފޮޓޯ:މާލޭ ސިޓީ ކައުންސިލާ ޒަމީރް(ޓުވިޓާ)
ކާރު ޕާކިން ފީ 3000 ރުފިޔާއިން 750 ރުފިޔާއަށް ކުޑަކޮށްފި
ކާރު ޕާކިން ފީ 3000 ރުފިޔާއިން 750 ރުފިޔާއަށް ކުޑަކުރަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ

އަލަށް ހުވާ ކުރި ސިޓީ ކައުންސިލުގެ ފުރަތަމަ ދުވަހު ނިންމާފައިވާ ނިންމުންތަކުގެ މައުލޫމާތު ދިނުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުއިއްޒު ވިދާޅުވީ، ޕާކިން ޒޯނުތަކުގެ ކުލި 3000 ރުފިޔާއިން 750 ރުފިޔާއަށް ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.

މަގުތައް އޮންނަ ހާލަތުންނާއި، މަގުތައް ބަންދު ކުރުމުން އެންމެ ބޮޑަށް ގެއްލުން ވަނީ ޓެކްސީ ޑްރައިވަރުންނަށް ކަން ފާހަގަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، އެހުރިހާ ކަމެއް އެހެން އޮއްވާ ޖެހެނީ 3000 ރުފިޔާ ދީފައި ޕާކިން ޒޯނުގައި ޕާކް ކުރަން ކަަމަށެވެ. އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން އެކަމާއި ގުޅިގެން ކުރެވުނު މަޝްވަރާތަކަށްފަހު ކައުންސިލުގެ އިއްތިފާގުން 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަ ކުރަން ނިންމީ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް