ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އާދަމް ޝަރީފް ސަރުކާރަށް: ދިވެހިންނަށް އިތުބާރު ނުކުރެވެނީތޯ؟
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ތަހުގީގު ކުރުމުގައި ދިވެހިންނަށް އިތުބާރު ނުކުރެވެނީތޯ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ސުވާލު އުފައްދަވައިފިއެވެ.

މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ބެއްލެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބެއްގެ ގޮތުން، އެމްނެސްޓީ އިންޓަނޭޝަނަލްގައި މަސައްކަތްކުރެއްވި އިނގިރޭސިވިލާތައް ނިސްބަތްވާ ބޭފުޅެއް ކަމަށްވާ އައްބާސް ފާއިޒު ވަނީ ހަމަޖައްސަވާފައެވެ. 

މިކަމާ ގުޅިގެން ސަރުކާރަށް ފާޑުވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރެއްވި އާދަމް ޝަރީފު ވަނީ ޓުވީޓު ކުރައްވާފައެވެ. އާދަމް ޝަރީފު ވަނީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ބަލާނެ އިތުބާރު ހުރި ދިވެއްސަކު ސަރުކާރަށް ނުލިބުނީތޯ، ނުވަތަ އެ މައްސަލައިގައި ދިވެހިންނަށް އިތުބާރު ނުކުރެވެނީތޯ ސުވާލު އުފައްދަވާފައެވެ.

ސަރުކާރުގެ އެ ނިންމުމަކީ އިނގިރޭސި އަކަށް ބަދަލު ދިނުމަށް ކުރައްވާ ކަމެއްގެ ގޮތުގައި ސިފަކުރައްވައި އާދަމް ޝަރީފު އިތުރަށް ވިދާޅުވީ ތަހުގީގު ހިނގާގޮތް ބެލޭނެ ވަރުގެ ގާބިލު ދިވެހިން ރާއްޖޭގައި އެބަތިބި ކަމަށެވެ.

ޓެރަރިޒަމްގެ ހަަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ބެލުމަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން އައްބާސް ފާއިޒު އައްޔަންކުރައްވައި ރައީސް އޮފީހުން ބުނެފައިވަނީ އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ ސިޔާސީ މައްސަލަތައްވެސް ދިރާސާކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެއް ކަމަށާއި، ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ހިދުމަތްކުރައްވައި ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެއް ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް