ads
ސީއެސްސީ އިން ޓުވީޓު ކުރި ފަލަސްތީނުގެ ދިދަ---
ފަލަސްތީނަށް އެހީވުމަށް ސީއެސްސީ އިން 1000 ޑޮލަރު ހަދިޔާކޮށްފި
ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ސިވިލް ސާވިލް ކޮމިޝަން (ސީއެސްސީ) އިން 1000 ޑޮލަރު ހަދިޔާކޮށްފިއެވެ.

ސިވިލް ސާވިިލް ކޮމިޝަނުން މިއަދު ބުނީ އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ސިވިލް ސާވިސް ކޮމިޝަން އޮތީ ފަލަސްތީނާ އެކު ކަމަށެވެ. އެގޮތުން އެ ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުން ވެގެން ފަލަސްތީނުގެ ރައްޔިުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑްގެ "ލޮއެއްބާއިއެކު" ކެމްޕޭނަށް 1000 ޑޮލަރު ހަދިޔާކޮށްފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުންޏެވެ.

އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާއިރު ދާދި ފަހުން ދިވެހީންގެ އެހީގައި ފަލަސްތީނު ހޮސްޕިޓަލަކަށް ވަނީ ކަރަންޓުވެސް ދީފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ދަނީ ހުރިހާ ދިވެހިން ބައިވެރިވެގެން ފަލަސްތީނަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެފަރާތުން ގެންދަނީ ދިވެހިންގެ އެހީއާއެކު ގައްޒާގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް ކާތަކެތިވެސް ފޯރުކޮށްދެމުންނެވެ.

އެގޮތުން މިހާރު ކުރިއަށް ދާ "ލޯތްބާއިއެކު 2021" ގެ ތެރެއިން ފަލަސްތީނަށް އެމަޖެންސީ އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައިވާ ކަމަށާއި ފަލަސްތީނަށް އެހީ ފޯރުކޮށްދޭން ބޭނުންފުޅުނަމަ ލޯތްބާއިއެކު ކެމްޕޭނަށް އެހީ ފޯރުކޮށްދެއްވުމަށް އިންޓަނޭޝަނަލް އެއިޑުން ވަނީ އެދިފައެވެ. ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ކުރިއަށް ގެންދާ "ލޯތްބާއިއެކު 2021" ކެމްޕޭންގެ މުއްދަތު އަންނަ ޖޫން މަހުގެ ފަހެއްގެ ނިޔަލަށް އިތުރުކުރަން ނިންމާފައިވާ ކަމަށްވެސް އިންޓަނޭޝަނަލް އެއިޑުން މައުލޫމާތުދެއެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް