ads
ކެނދިކުޅުދޫ ދާއިރާ މެމްބަރު އީސަ
އިޖުތިމާއީ ކޮމިޓީ މުގައްރިރު ކަމުން އީސަ އިސްތިއުފާ ދެއްވައިިފި
ރައްޔިތުންގެ މަޖިލީހުގެ އިޖުތިިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ކެނދިކުޅުދޫ ދާއިރާ މެމްބަރު އަހުމަދު އީސާ އިސްތިއުފާ ދެއްވައިފި އެވެ.

މެންބަރު އީސަ އަމިއްލަފުޅަށް އިސްތިއުފާ ދީފައިމިވަނީ އޭނާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އެ މަގާމުން ވަކިކުރުމަށް މިއަދު ކޮމިޓީގެ ބައްދަލުވުމެއްވެސް ބާއްވާފައި ވަނިކޮށެވެ. ނަމަވެސް އެ ކޮމިޓީގެ ކޯރަމް ހަމަނުވުމުގެ ސަބަބުން އީސަގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނޭހި ވަނީ ކޮމިޓީ ނިންމާލާފައެވެ.

މެންބަރު އީސާ ދާދި ދެންމެ އާންމުކުރެއްވި ބަޔާނުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް މިވަގުތު ތަހުގީގުކުރެވެމުންދާތީ ދައުލަތުގެ ކަމާބެހޭ އެންމެހޭ މުއައްސަސާތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދިނުމަށްޓަކައި މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާ ދޭ ކަމަށެވެ.

ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންނަށް އަރުވާ ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ދިވެހި ފުލުހުންނާ މެދު އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އަބަދުވެސް އެއްބާރުލުންދޭނެކަމަށްވެސް އީސަ ވަނީ ވިދާޅުވެފައެވެ. 

އީސަ އޭނާގެ އަނބިކަބަލުން އަސްރާ ނަސީމަށް އަނިިޔާކުރި މައްސަލައެއް ބުދަ ދުވަހު މީޑިއާތަކަށް ވަނީ ފެންމަތިވެފައެވެ. އެ ކަން ހިނގި ވަގުތު އެ ދެ މަފިރިންގެ ދަރިފުޅުވެސް އެތާގައި ހުރި ކަމަށާއި އީސަ ދަރިފުޅު ނަގައިގެން ބެލްކަނީއަށް ނިކުމެވަޑައިގެން، ދަރިފުޅު ނުވަވަނަ ބުރިން ވައްޓާލާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ސީއެންއެމް އަށް މައުލޫމާތު ދީފައިވެއެވެ. މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުންވެސް އީސަ އިސްތިއުފާ ދޭންޖެހޭ ކަމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް