ads
މޭޔާ މުއިއްޒު ވެމްކޯގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމުގެ ތެރެއިން
ވެމްކޯގެ އިސްވެރިންނާއި މުއިއްޒު ބައްދަލު ކުރައްވައިފި
"ޗާލު މާލެ ސިޓީ" ގެ އަމާޒަށް ވާސިލުވުމަށްޓަކައި މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެމްކޯގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި އެވެ.

މިބައްދަލުވުމުގައި މާލެ އަކީ ޗާލު ސިޓީއެއްގެ ގޮތުގައި ބޭއްވުމަށްކުރާނެ މަސައްކަތްތަކާއި މެދުގައި ވާހަކަ ދެއްކުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

އެގޮތުން މާލޭގެ މަގުތަކާއި އާންމު ތަންތަނަކީ ސާފުކޮށް ބެލެހެއްޓޭނެ ތަންތަނަށް ހެދުމުގައި ދެފަރާތް ގުޅިގެން މިއަށްވުރެ ބޮޑަށް މަސައްކަތް ކުރުމާމެދު މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ. 

މީގެ އިތުރުންވެސް މާލެ ސަރަހައްދަކީ ސާފު، ތިމާވެއްޓާއި ރައްޓެހި ތަނަަކަށް ހެދުމަށޤޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް މިހާރުގެ މާލެސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ. 

އެގޮތުން މާލޭގައި އެއްލައްކަ ގަސްއިންދުމުގެ ޕްރޮޖެކްޓަކީ ފާހަގަ ކޮށްލެވޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން މިއަންނަ އަހަރު ފެށިގެން ނިމެން ވާއިރަށް މާލޭގައި އެއްލައްކަ ގަސް އިންދުމަށް ވަނީ ނިންމާފައެވެ. 

ޑރ. މުއިއްޒު މަގާމާއި ހަވާލުވި ފަހުން މާލެސިޓީގެ ކަންތައްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ވެމްކޯގެ އިތުރުން ދެމިނިސްޓަރުންނާއި ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. 

އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިއްޔެ ބައްދަލު ކުރައްވާފައި ވާއިރު މިއަދު މުއިއްޒުު ވަނީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއިވެސް ބައްދަލު ކުރައްވާފައެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް