ads
ފޮޓޯ--މާލެ ސިޓީ ކައުންސިލް
މާލޭގެ ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން މުއިއްޒު މަޝްވަރާކޮށްފި
މާލޭގެ ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭއާ މާލޭ ސިޓީކައުންސިލްގެ މެޔަރު ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފި އެވެ.

އެ ބައްދަލުވުމުގައި ކޮވިޑްގެ ހާލަތުން މާލެ ސިޓީގެ ރައްޔިތުން ސަލާމަތްކުރުމުގައި މާލޭ ސިޓީ ކައުންސިލުން އެންމެ ފުރިހަމަ އަށް އެހީތެރިކަން ދިނުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި އެޗްޕީއޭގެ ޑީޖީ އަދި މިނިސްޓްރީގެ ބޭފުޅުންނާ މިއަދު ބައްދަލު ކުރައްވާ ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން މާލޭގައި އެންމެ ގިނައިން މީހުން އެއްވެ އުޅޭތަންތަން ދެނެގަނެވި އެތަންތަން ޑިސްއިންފެކްޓުކޮށް އަބަދުވެސް ސާފުކުރުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ބަލީގައި މަރުވަނީ ގިނައިން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ އުމުރުން ދުވަސްވީ މީހުންކަން އެޗްޕީއޭއިން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އުމުރުން 60 އަހަރުން މަތީގެ މީހުން ވެކްސިން ޖަހަން ގެންދިއުމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެހީ ފޯރުކޮށްދިނުމަށް މަޝްވަރާކުރެވުނު ކަމަށެވެ.

މީގެ އިތުރުން މާލޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް ކުރާނެ ކަމަށާއި ކައުންސިލްގެ މުވައްޒަފުން ނެރެގެން ވެސް އެކަން ކުރާނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބެކްލޮގް ކޭސްތަކާ އެކުގައި ރާއްޖެއިން އިއްޔެ 1,187 މީހުން ޕޮޒިޓިވްވެފައިވާއިރު 965 މީހުނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް