ads
އީސަ އާއި ގާސިމް
އީސަގެ ދިފާއުގައި ނިކުންނެވުމުން ގާސިމް "ކޮށާލައިފި"
ކެނދިކޮޅުދޫ ދާއިރާގެ މެންބަރު އީސަ އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކޮށް އެމީހުންގެ ދަރިފުޅު ނުވަވަނަ ފުލޯއިން ބޭރަށް އެއްލާލަން އުޅުނު ކަމުގެ ވާހަކަތައް ދިލަވެފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

އީސަ އޭނާގެ ކުރީގެ އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ބަޔާން އަސްރާ ފުލުހުންނަށް ދީފައި ވަނީ ވެސް 20 ވަނަ ދުވަހު އެވެ.

އީސަގެ މި އަމަލު ގިނަ ބަޔަކު އަންނަނީ ކުށްވެރި ކުރަމުން ނެވެ. ހުދު އީސަ ނިސްބަތްވާ ޕާޓި އެމްޑީޕީން ވެސް ވަނީ އީސަަ އާ މެދު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން އެ ޕާޓިން ވަނީ އީސަގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގު ނިމެންދެން އެމްޑީޕީގެ ގައުމީ މަޖިލީހާއި ކޮމެޓީތަކުން އީސަ އެކަހެރިކުރަން ނިންމައިފި އެވެ.

އީސާގެ މައްޗަށް ތުހުމަތުކުރެވޭ އެ އަމަލާ މެދު ކަންބޮޑުވެ، އެކަން ހަރު އަޑުން ކުށްވެރިކުރާ ހިނދު، އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާއީ ތަހްގީގެއް އަވަހަށް ހިންގަވައިދެއްވުމަށް އެ ޕާޓީން ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

ގެވެށި އަނިޔާ އާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާ އާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ އަމަލުތަކަކީ އެމްޑީޕީން އެއްގޮތަކަށް ވެސް ބަލައިގަންނާނެ އަމަލުތަކެއް ނޫންކަމަށް ބުނެފައި ވާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރި ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އީސާ ތަމްސީލު ކުރައްވާ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް ނިންމާފައިވާކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

އެޕާޓިން އެހެން ބުނެފައި ވާއިރު އީސަ ވަނީ އިއްޔެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. އީސަ ވިދާޅުވެފައި ވަނީ އޭނާ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށެެވެ.

ރާއްޖޭގެ ގިނަ ރައްޔިތުންނާއި ސިޔާސީ ގިނަ އިސްބޭފުޅުން އީސަ އާ ދެކޮޅަށް އަޑު އުފުލަމުން ދާއިރު އޭނާގެ ދިފާއުގައި ހަމައެކަނި ތެދުވެވަޑައިގަންނަވާފައި ވަނީ ޖުމުހޫރޫ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ. 

މެންބަރު އީސާގެ ފޯނުގެ ޕްރޮފައިލްގައި އީސަ އޭނާގެ ދަރުފުޅު އުރައިގެން އިން ފޮޓޯއެއް ހިއްސާ ކުރައްވައި ގާސިމު ވިދާޅުވެފައިވަނީ، އެފަދަ ލޯބިވާ ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގަފާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި ކަމަށެވެ. އަދި އަންހެނަކު އަދި ފިރިހެނަކުވެސް ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ ކަމަށާއި، ވީމާ ތަހުގީގު ކުރަން ވާނީ ވަރަށް އިންސާފުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ގާސިމު ވިދާޅުވެފަ ވެއެވެ.

ގެވެށި އަނިޔާގެ ގާނޫނުނަކީ ހައްދެއް ނެތް މިންވަރަށް އަންހެނުން ހިމާޔަތްވާ ގޮތަށް ހަދާފައިވާ ގާނޫނެއް ކަަމަށްވެސް ގާސިމު ވިދާޅުވެފައިވެއެވެ.

އެގޮތުން ތަހުގީގެއް ކުރުމަށްޓަކައި މީހަކު ހައްޔަރު ކުރެވޭނީ ހަތަރު ސަބަބެއް ފުލުހުން ސާބިތުކޮށް ދެވިގެންކަން ފާހަގަކުރައްވައި ގާސިމު ވިދާޅުވެފައިވަނީ އެ ނޫން ގޮތަކަށް އެކަން ކޮށްފިނަމަ ގާނޫނު އަސާސީއާ ހިލާފުވާނެ ކަމަށެވެ. އެހެންކަމުން މީހަކު ބުނާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށާއި އެއީ އިންސާފުން ބޭރުން އެއްފަރާތަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށް ގާސިމު އިތުރަށް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ. އަދި ގާސިމަކީ ވެސް އޭނާގެ އަނބިކަނބަލުންނަށް އަނިޔާ ކުރާ މީހެއް ކަމަށް ބުނެ ގާސިމްގެ ތިން ވަނަ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަލުހާ 2018 ވަނަ އަހަރު ކޯޓަށް ހުށަހާފައިވާކަމަށް ބުނާ ވަރި ފޯމްގެ ކޮޕީއެއް ދަނީ ދައުރުވަމުން ދެއެވެ.

އެ ފޯމްގައި ވަރިވާން އެދޭ ސަބަބުތަކުގެ ތެރޭގައި މިނިސްޓަރު ނަހުލާ ވިދާޅުވެފައި ވަނީ ގާސިމްއާ ޖެހޭ މައްސަލަތަށް ގިނަވެ، ދެމީހުން ޒުވާބު ކުރާއިރު ގާސިމް އޭނާއަށް އަނިޔާ ކުރާކަމަށެވެ. އަދި އޭނާއަށް ބިރުދައްކާ އިންޒާރުވެސް ގާސިމްދޭ ކަަމަށް މިނިސްޓަރު ނަހުލާ ވިދާޅުވެފައިވާކަން އެ ފޯމުން އެނގެ އެވެ.

އީސަގެ ދިފާއުގައި ގާސިމް ނުކުންނެވުމުން ހައިރާންވާން ނުޖެހޭ ކަމެއްކަމުގައި ގިނަ ބަޔަކު ބުނެ އެވެ. އެއީ އެމީހަކަށް ކަމުދާނީ އޭނާ އުޅޭގޮތަކަށް އުޅޭ މީހުން ކަމަށް ވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ދިވެހި ހަރުބަހެއްގައި ބުނާހެން ލަޑަޔާ ވާނީ ލަޑަޔާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މީހުންގެ ފާޑުކިޔުން ގާސިމަށް އިންތިހާއަށް އަމާޒުވެފައިވާއިރު މިއީ ގާސިމް "ކޮށާލުން" ފަދަ ކަމަކަން މިކަން ނުވޭ ބާވަ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް