ads
ހުކުރު ހުތުބާގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފަލަސްތީނުގެ މަސްއަލައަކީ ހުރިހާ މުސްލިމުންގެ މައްސަލައެއް: ހުތުބާ
ފަލަސްތީނުގެ މަސްއަލައަކީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ

ފަލަސްތީނު އިސްލާމީ އުއްމަތުގެ ޒިންމާއެއްގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި އޮތްއިރު ހުތުބާގައި ބުނީ  މިދުވަސްވަރަކީ ފަލަސްދީނުގެ ބިމަށް އަރައި، އަތްގަދަކޮށްގެން ތިބި ޔަހޫދީން، މަސްޖިދުލް އަގްސާގެ ހުރްމަތް ކަނޑައި، އެ ހަރަމްފުޅަށް ނަމާދަށް ދާ މުސްލިމުންނަށް ހުރަސްއަޅައި، އެ މީހުންގެ ލޭ އޮހޮރުވަމުންދާ ދުވަސްވަރެއް ކަމަށެވެ.

ހުތުބާގައި ބުނެފައި ވަނީ ފަލަސްތީނާއި އަލްގުދުސްގެ މަސްއަލަ އަކީ މުޅި އިސްލާމީ އުއްމަތުގެ މައްސަލައެއް ކަމަށާއި އިލްމުވެރިން ތަރްޖީހު ދޭ ގޮތުގައި "އަލްމަސްޖިދުލް އަގްސާ ބިނާ ކުރެވުނީ އާދަމްގެ ފާނުގެ ޒަމާނުގައި ކަމަށެވެ.

"އަލްމަސްޖިދުލް ޙަރާމު ބިނާކުރުމާ އަލްމަސްޖިދުލް އަގްސާ ބިނާކުރުމާ ދެމެދުގައި ފާއިތުވެފައި ވަނީ 40 އަހަރު. މިބަސްފުޅުން ﷲގެ ރިސާލަތާއި މިދެ މިސްކިތާ ހުރި ގުޅުން، ވަރަށް ރަނގަޅަށް އެނގޭ." ހުތުބާގައި ބުނި އެވެ.

އިބްރާހީމުގެފާނާއި ލޫތުގެފާނު ފަލަސްދީނުގައި ﷲގެ ދީނަށް ގޮވާލައްވައި، ތައުހީދުގެ ދިދަ އުފުއްލެވި ކަމަށާއި އިބްރާހީމުގެފާނުގެ ދެ ދަރިކަލުން އިސްމާއީލުގެފާނާއި އިސްހާގުގެފާނު އުފަންވެ ވަޑައިގަތީއެ ބިމުގައި ކަމަށާއި ޔައުގޫބުގެފާނާއި ޔޫސުފްގެފާނު ދުނިޔެއަށް ވަޑައިގަތީ ވެސް ހަމަ އެ ބިމުގައި ކަމަށް ހުތުބާގައި ބުނެ އެވެ.

"ދާވޫދުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނު އިލާހީ މަންހަޖުގެ މަތީގައި، މި ބިމުގައި، ތައުހީދުގެ ރަސްކަމެއް ގާއިމު ކުރެއްވި. މާތް ﷲ ޒަކަރިއްޔާގެފާނުގެ ދުއާފުޅު އިޖާބަ ކުރައްވައި، ޔަހުޔާގެފާނު ދެއްވީ މި ބިމުގަ.އިސާގެފާނު ރައްކައުވެ، ޅަފަތުގައި، މީހުންނާ ވާހަކަފުޅު ދެއްކެވީ މި ބިމުގަ. އަޅުގަނޑުމެންގެ މާތް ރަސޫލާ މުހައްމަދު ޕަޖް އަލްމަސްޖިދުލް ހަރާމުން، އިސްރާގެ ދަތުރުފުޅު ކުރެއްވީ މި ބިމަށް." ހުތުބާގައި ބުނެ އެވެ.

ފަލަސްތީނުގެ މަސްއަލައަކީ ދާހިލީ މަސްއަލައެއް ނޫން ކަމަށާއި އެއީ އަރަބިންގެ މައްސައަލައެއް ވެސް ނޫން ކަމަށާއި އެއީ ހުރިހާ މުސްލިމުންގެ މައްސަލައެއް ކަމަށް ވެސް ހުތުބާގައި ބުނެ އެވެ.

އަދި މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި، އެ ބިން ފޭރިގެންފި ނަމަ، އެމީހުންގެ ކެކުޅުންތަކަށާއި، ގިސްލުންތަކަށާއި، ރުއިންތަކަށް އިޖާބަ ދޭން ޖެހޭނެ ކަމަށާއި އެ ބިން މިނިވަންކުރުމަށް ޓަކައި، އެންމެހައި މުސްލިމުން އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް ހުތުބާފައި ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް