ads
ރަންޖީތް ކުއްތާތަކަށް ކާންދެނީ----
މި މީހާ ކޮންމެ ދުވަހަކު 150 ކުއްތާއަށް ކާންދޭތާ 11 އަހަރު
މަގުމަތީގައި އުޅޭ ގިނަ ކުއްތާތަކަކަށް ކޮންމެ ދުވަހަކު ކާންދޭ މި މީހާއަށް ގިނަ ބައެއްގެ ސަމާލުކަން އަމާޒުވެއްޖެއެވެ.

އިންޑިއާގެ ނަގްޕޫރު އަވަށުގައި އުޅޭ 58 އަހަރުގެ ރަންޖީތް ނަތު ނަމަކަށް ކިޔާ މި މީހާ ދުވާލަކު 150 ކުއްތާއަށް ކާންދެއެވެ. މި ކުއްތާތަކަކީ ދާނެ ތަނެއްނެތި އިންޑިއާގެ މަގުތަކުގައި ދިރިއުޅޭ ކުއްތާތަކެކެވެ.

ރަންޖީތް އެ ކުއްތާތަކަށް އެންމެ ފުރަތަމަ ކާންދޭން ފެށީ ބިސްކޯދު ކަހަލަ އެއްޗިހި ނަމަވެސް މިހާރު އެ ކުއްތާތައް އޮޅުވެ ކޮންމެ ދުވަހަކު ކާން އަންނާތީ މިހާރު ކާންދެނީ ކުކުޅު މަހާއި މުޓަން ބިރިޔާނީ ކަހަލަ އެއްޗިއްސެވެ. އޭނާ ބިރިޔާނި ކައްކަނީ މީހުން ހަދިޔާގެ ގޮތުގައި ދޭ ރުފިޔާއިންނެވެ.

ރަންޖީތް ހުއްޓާނުލައި އެ ކުއްތާތަކަށް ކާންދޭތާ މިހާރު 11 އަހަރު ވަނީ ވެފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ރަންޖީތަށް ތައުރީފު ކުރެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް