ads
ޓޫރިޒަމް މިނިސްޓަރު މައުސޫމް--
އެކަކު ކުރިކަމަކުން އެންމެން ބަދުނާމު ނުކުރޭ: މައުސޫމް
ވަކިބަޔަކު ކުރާ ނެއެއްގާނީ އަމަލަކާއި ހުރެ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ނިސްބަތްކޮށް ކުޑައިމީސް ނުބުނުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އެދިއްޖެ އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރި ނުވަތަ މަސައްކަތް ކުރާ މަދު ފަރުދެއްގެ ނެއެއްގާނި އަމަލާއި ޖައްސައި، ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ނިސްބަތްކޮށް ކުޑައިމީސް ބުނުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ. 

އަދި މިފަދަ އަމަލުތަކަކީ އެއްވެސް ހާލެއްގައި ބަލައި ނުގަނެވޭނެ އަމަލެއްގެ ގޮތުގައިވެސް މައުސޫމް ވަނީ ފާހަގަ ކުރައްވާފައެވެ. 

ހަމައެހެންމެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ރާއްޖޭގެ އިގްތިސާދުގެ ފަހުރުވެރި ދިފާއީ ބާރުގެ ގޮތުގައިވެސް މިނިސްޓަރު ވަނީ ސިފަކުރައްވާފަ އެވެ. 

މިމޭރުމުން މިނިސްޓަރު ޓްވީޓު ކުރައްވާފައިވަނީ ގެވެށި އަނިޔާގެ މައްސަލައިގައި ތުހުމަތު ކުރެވޭ މަޖްލިސް މެމްބަރު އީސައަށް ނުރުހުން ފާޅުކޮށް މީހަކު ކޮށްފައިވާ ޓްވީޓަކާއި ގުޅިގެންނެވެ.

އެޓްވީޓުގައި ބުނެފައިވަނީ މެމްބަރު އީސައަކީ ކުރިން ރޫމްބޯއީކަން ކޮށްފައިވާ މީހެއް ކަމަށާއި، ރޫމްބޯއީންނަކީ ތަންދޮރު އޮޅުން ނުފިލާ ބައެއް ކަމަށެވެ.

މި ޓްވީޓާއެކު ގިނަ ބައެއްގެ ފާޑުކިޔުން ޓްވީޓްކުރި މީހާއަށް އަމާޒުވުމުން އެ ޓްވީޓް ވަނީ ޑިލީޓްވެސް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް