ads
ރައީސް މައުމޫން- ފޮޓޯ: ސަން
ގެކޮޅު ކައިރިން ޕާކިންޒޯން ނަގަން ރައީސް މައުމޫން ތާއިދު
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު ކައިރިން ވެސް ޕާކިން ޒޯން ނަގަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ މެންބަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް މޫސާ އަންވަރު ބުނެފިއެވެ.

މި މަހުގެ ހަވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމާލާއަށްފަހު އެމަނިކުފާނުގެ ގެކޮޅު (ކެނެރީގެ) ހުންނަ ނީލޯފަރު ހިނގުމުގައި ވެހިކަލް ޕާކު ނުކުރެވޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ވަނީ ހަދާފައެވެ.

މިކަމާ ގުޅިގެން މޫސާ އަންވަރު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް މައުމޫން އަށްވެސް ފުރިހަމަ ރައްކާތެރިކަން ފުރިހަމަ ކޮށްދޭންޖެހޭ ކަމަށެވެ. ކެނެރީގެ ހުންނަ ފަދައިިން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުވެސް ހުންނަނީ ހަނި ގޯޅިއެއްގައި ކަން ފާހަގަކޮށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އަދި ޕްލޭނިން މިނިސްޓަރު އަސްލަމްގެ އިތުރުން މޭޔަރު މުއިއްޒު ޓެގުކުރައްވައި އޭނާ ވަނީ އެ ގޯޅިންވެސް ޕާކިން ޒޯން ނަގަންޖެހޭ ކަމަށް ބުނެފައެވެ.

އެ ޓުވީޓަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޝުކުރު އަދާކުރައްވައި ރިޕްލައި ކުރައްވާފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ނީލޯފަރު ހިނގުމުގައި ޕާކު ނުކުރެވޭ ގޮތަށް ހެދީ ގޯޅީގެ ހަނިކަމުން ޕާކު ކޮށްފަ ހުންނަ ވެހިކަލްތަކުގެ ސަބަބުން ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަން އުނދަގޫވާ ކަމަށް ބުނެއެވެ.

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
70%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް