ads
ހުޅުމާލެ------ ފޮޓޯ:ޓްރެވަލް ލޮގް
ހުޅުމާލޭގެ އިމާރާތެއްގައި އޭސީ ހަރުކުރަން އުޅުނު މީހަކު ދެވަނަ ފަންގިފިލައިން ވެއްޓިއްޖެ
ހުޅުމާލޭގެ އިމާރާތެއްގައި އޭސީ ހަރުކުރަން އުޅުނު މީހަކު ދެވަނަ ފަންގިފިލައިން ވެއްޓިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެމީހާ ވެއްޓިފައިވަނީ، ހުޅުމާލޭގެ އިމާރާތެއްގެ ދެވަނަ ފަންގި ފިލާގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަނިކޮށް، އޭސީ އައުޓްޑޯ ޔުނިޓާއެކު އެވެ. 

އެގޮތުން އޭނާ ވެއްޓުން ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 15:50 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި ވެއްޓުމުގެ ސަބަބުން އޭނާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

މި މީހާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

ހުކުރު ދުވަހުގެ ރޭވެސް މާލޭ މަގެއްމައްޗަށް ވެއްޓި ޒަހަމުވެފައިވާ މީހަކު ފެނިފައިވާއިރު، ދަންވަރު 01:00 ހާއިރު މާލޭ މަގެއްމައްޗަށް ވެއްޓި ޒަހަމުވެފައިވާ މީހަކު ފެނިފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް