ads
އިންޑިއާ ފުލުހުން
އިންޑިއާގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުހަކަށް ޕްރޮމޯޝަނެއް
އިންޑިއާގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުހަކަށް ޕްރޮމޯޝަނެއް ދީފިއެވެ.

އިންޑިއާގެ އައްސާމް ސްޓޭޓްގެ ފުލުހަކު އޭނާއާއެކު މަސައްކަތްކުރި ފުލުހެއްގެ ދަރިޔަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާކުރަން ފޮނުވަން ތައްޔާރުވަމުން އަންނަނިކޮށް ޕްރޮމޯޝަނެއް ދީފިއެވެ.

ގައުރަވް އުޕަދިޔޭގެ މައްޗަށް ދައުވާ ކުރަނީ އިންޑިއާގެ ކުޑަކުދިން ޖިންސީ ހާނިކައިން ސަލާމަތްކުރުމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް އޭނާގެ މައްސަލަ ކޯޓާ ހަމަޔަށް ނުދަނީސް އިރުމަތީ އައްސާމްގެ އެހެން ޑިސްޓްރިކްޓަކަށް ޓްރާންސްފާކޮށް އެއަށްވުރެ ސީނިއާ މަގާމަކަށް އޭނާ ޕްރޮމޯޓް ކޮށްފައިވެއެވެ.

13 އަހަރުގެ ކުއްޖާއާއި ބެހުނުކަމަށް ބުނެ އޭނާގެ މައްސަލަ ގުވަހަޓީ ސިޓީގައި ޖެއްސީ އެކުއްޖާގެ މަންމަ އެވެ. އެކުއްޖާގެ މަންމައަކީ ވެސް އެ ސްޓޭޓްގެ ފުލުހެއް ކަމަށް އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓް ކުރެއެވެ.

އޭނާގެ މައްސަލަ ފައިލް ކުރިއިރު ތަހުގީގުން އޭނާގެ މައްޗަށް އެކަށީގެންވާ ހެކި ހުރިކަމަށް އިންޑިއާގެ ސީއައިޑީ އާއި ހަވާލާދީ ހިންދުސްތާން ޓައިމްސް އިން ރިޕޯޓް ކުރެއެވެ.

މިއަހަރު ޖެނުއަރީ މަހު ރެޖިސްޓާ ކުރި އެ ކޭސް މިހާރު ތަހުގީގު ކުރަމުން އަންނަނީ އައްސާމްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ) އިންނެވެ. އަދި މިހާރު ހުރިހާ ޑޮކިއުމެންޓެއް ހުރީ ކޯޓަށް ހުށަހަޅާފަ ކަމަށް އެކްސްޕްރެސް ރިޕޯޓުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޭނާ އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު ތެރޭގައެވެ.

އޭނާގެ މައްސަލަ ބަލަން ފެށުމުން އެ ސްޓޭޓަށް އަލަށް އިންތިހާބުވި ސަރުކާރުން ވަނީ އޭނާ އެހެން ޑިސްޓްރިކްޓަކަށް ޓްރާންސްފާކޮށް، ސުޕްރީޑިއެންޓެއްގެ މަގާމަށް ޕްރޮމޯޓްކޮށްފަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް