ads
ވީޑިއޯ ރިޕޯޓް
ލޮކްޑައުންއަކަށް ގޮަސްގެން ގައުމު އިނދަ ޖެހިދާނެ، ނުގޮސްވެސް ފަރުޖެހޭކަށް ނެތް!
ރާއްޖޭގައި ބެކްލޮގް ކޭސްތަކާއެކު ނަމަވެސް، 1000 އިން މަތީގައި ކޮންމެ ދުވަހަކު ކޭސްތައް އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ފެނިގެން ދަނީ ދުވަހެއް ދުވަހަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން އަންނަ މަންޒަރެވެ.

ރާއްޖޭގައި، ހާއްސަކޮށް މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ދަންނަ އެތައް ބައެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ގިނަ ބަޔަކު މިހާރުވެސް ބައްޔަށް ފަރުވާ ހޯދަމުން އަންނައިރު، މިމަހުގެ މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން، މި ބަލީގައި މަރުވެފައިވާކަމީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ބަލަބަލާ ތިއްބާ މަހެއްގެ ތެރޭ މަރުގެ އަދަދުތައް 100 އިން މައްޗަށް އަރާ، އެކްޓިވް ކޭސްގެ އަދަދު 22،000 އިން މައްޗަށް އެރުމުން ގައިމުވެސް ރާއްޖޭގެ މިހާރުގެ ހާލަތުގެ އަގުވަޒަން ކުރެވޭނެއެވެ. މިހާލަތުގައި ރާއްޖެ ލޮކްޑައުންއަކަށް ނުގޮސް މިއޮތީ ކީއްވެތޯ މިއީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.

މީގެ ކުރިން މިދިޔަ އަހަރު ތެރޭވެސް ރާއްޖެ ވަނީ ލޮކްޑައުންއަކަށް ގޮސްފައެވެ. އޭރުގެ ލޮކްޑައުންގެ އަސަރުން އަދިވެސް ރާއްޖޭގެ އިގްދިސާދަށް އަރައި ނުގަނެވެއެވެ. އެތައް ބަޔަކު އަދިވެސް އުޅެނީ އޭރު ވެއްޓުނު އިގްތިސާދީ އަނދަވަޅުގައި ތާށިވެގެންނެވެ. 

އެތައް ކުދި ވިޔަފާރަވެރިންގެ ބޮލުގައި ބޮޑެތި ލޯނުތައް އެޅި، ވިޔަފާރި ބަނގުރޫޓު ވިއިރު، ގިނަ ޒުވާނުންގެ ވަޒީފާ ގެއްލިފައިވެއެވެ. ގިނަ ބައެއްގެ އާމްދަނީ ކުޑަކުރި އިރު، އަދިވެސް ކޮވިޑުގެ ކުރީގެ އާމްދަނީ ނުލިބޭ އެތައް ބައެއް އެބަ ތިއްބެވެ. 

ކޮވިޑުގެ ހާލަތުގައި ވަޒީފާ ގެއްލުނު މީހުންގެ ތެރެއިންވެސް ގިނަ  ޒުވާނުން އަދިވެސް އުޅެނީ ވަޒީފާއެއް ހޯޯދުމުގައެވެ. އަދި މާލޭގައި މުޅި ދިރިއުޅުން އާރާސްތު ކޮށްގެން އުޅުނު އެތައް އާއިލާތަކަކަށް ވަނީ އެނބުރި ރަށަށް ދާން މަޖުބޫރު ވެފައެވެ. 

މިފަދަ ހާލަތެއްގައި ގައުމުގެ އިގުތިސާދު އޮތް އިރު، ކޭސްތައް އަލުން ގިނަވާން ފަށާފައިވަނީ، މަޑުމަޑުން މިކަންކަން ހަމައަކަށް އެޅެން ފެށިތަނާއެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަޑުމަޑުން އިތުރުވާން ފަށާ، ގެސްޓްހައުސް އަދި ރިސޯޓުތައް ފަދަ ތަންތަން ހިނގަން ފެށުމުން ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވިއެވެ. 

މީގެ އިތުރުން، ކޮވިޑުގެ ސަބަބުން ކުރިއަށް ނުގެންދެވިފައިވާ ގިނަ ވިޔަފާރިތައް އަލުން ފަށައިގަތުމަށް ފުރުސަތު މަގުފަހިިވިއެވެ. 

ނަމަވެސް އަނެއްކާވެސް ކޭސްތައް ގިނަވާން ފަށާފައިވާއިރު، މިފަހަރު ކުރިއަށްވުރެ ހާލަތު މާ ގޯހެވެ. މިފަދަ ދަނޑިވަޅެއްގައި އިތުރު ލޮކްޑައުނަކަށް ގޮސްފިނަމަ ރާއްޖޭގެ އިގުތިސާދު އިތުރު ވަޅުގަނޑަކަށް ވެއްޓުމަކީ ވުން ގާތް ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުން އާދެއެވެ. ހުދު މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ގިނަ ކުދި ވިޔަފާރަވެރިންނާއި ކެފޭ ރެސްޓޯރަންޓު ފަދަ ތަންތަން ހިންގާ މީހުންވެސް އަންނަނީ، އިތުރު ލޮކްޑައުނަކަށް ގޮސްފި ނަމަ އެމީހުންގެ ވިޔަފާރި ބަންދު ކުރަން ޖެހުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހަމައެއާއެކު އަލުން ފަތުރުވެރިންނަށް ގައުމުގެ ބޯޑަރު ބަންދު ކުރުމަކީވެސް މިއަދު ކުރެވެން ނެތް ކަމެކެވެ. އެއީ ފަތުރުވެރިކަމަކީ ގިނަ އަދަދެއްގެ ދިވެހިންގެ އާމްދަނީ އާއި ގުޅިފައިވާ ދާއިރާއަކަށް ވުމެވެ.

އިގުތިސާދަށް ބޮޑު ގެއްލުމަކާ ކުރިމަތިވީ ނަމަވެސް، ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަމީ މިއަދުގެ ހަގީގަތެވެ. މާލެ ސަރަހައްދުގައި 1000 އިން މަތީގައި ދުވާލަކު ކޭސްތައް އުޅޭއިރު، މި އަދަދު މަދު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އިތުރު ލޮކްޑައުނަކަށް ދިއުމަށް ނިންމާފައި ނުވި ނަމަވެސް އަންނަ ބުދަ ދުވަހު ސަރުކާރުން އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށް ނިންމާފައިވާއިރު، އަހަރެންގެ ނަޒަރުގައި، ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މާލެ ސަރަހައްދު ލޮކްޑައުންކޮށް، ބަލި ކޮންޓްރޯލް ކުރުމީ މިވަގުތަށް އެންމެ މުހިއްމު ކަމެވެ. 

އެޑިޓަރުގެ ނޯޓް:

މިއީ ސީއެންއެމް ޓީވީން ރޭ ބްރޯޑްކާސްޓްކޮށްފައިވާ ވީޑީއޯ ރިޕޯޓެކެވެ. މި ރިޕޯޓް ސީއެންއެމްގައި ސާއިއުކޮށްފައި މިވަނީ އެއްވެސް އުނި އިތުރެއް ގެނައުމަކާނުލަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް