ads
ޝަމާއު ޝަރީފް--
ހެލްތު މިނިސްޓްރީގެ ނައިބަށް ޝަމާއު އައްޔަނު ކޮށްފި
ހެލްތު މިނިސްޓްރީގެ ނައިބުގެ މަގާމަށް ކުރީގެ މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މެޔަރު ޝަމާއު ޝަރީފް އައްޔަނު ކޮށްފި އެވެ.

މ. ސަނީކޯސްޓް، ޝަމާއު ޝަރީފަކީ، އެ މާގާމަށް އައްޔަނުކޮށްފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ 

ޝަމާއު އަކީ ސްރީލަންކާގެ އެމެރިކަން ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ޑިޕްލޮމާއިން ސައިކޮލޮޖީއާއި، ސްރީލަންކާގެ އެމެރިކަން ނެޝަނަލް ކޮލެޖްއިން އެޑްވާންސް ޑިޕްލޮމާ އިން ކައުންސިލިންގް ސައިކޮލޮޖީ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އެންމެ ފަހުން ޝަމާއު ޝަރީފު އަދާކުރައްވާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމެވެ. 

މީގެ އިތުރުން ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ބޯޑު މެންބަރުކަމާއި، މާލެ ސިޓީގެ ކައުންސިލް މެންބަރުކަން ވެސް ޝަމާއު ވަނީ އަދާކުރައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް