ads
ފޮޓޯ--ކަސްޓަމްސް
18 ކޭސް އޫރު މަސް ނައްތާލައިފި
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި 18 ކޭހުގެ އޫރުމަސް ނައްތާލައިފި އެވެ.

ކަސްޓަމްސްއިން ބުނެފައި ވަނީ އެ ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ. 

އެތަކެތި ނައްތާލެވިފައި ވަނީ މިއަދު ކ.ތިލަފުށީގައި ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ.

މިއަދު ނައްތާލާފައިވަނީ 18 ކޭހުގެ އޫރުމަސް ކަމަށާއި އެތަކެތީގެ ބަރުދަނަކީ 138.4 ކިލޯގްރާމް ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް