ads
ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއެކު--
އިންޑިއާގެ ކެބިނެޓުން އައްޑޫގައި ކޮންސިއުލޭޓް ޖެނެރަލެއް ގާއިމްކުރަން ނިންމައިފި
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް ގާއިމު ކުރުމަށް އެ ގައުމުގެ ކެބިނެޓުން ނިންމައިފި އެވެ.

އިންޑިއާގެ އެކި ނޫސްތަކުން ބުނާ ގޮތުގައި، އިންޑިއާގެ ކެބިނެޓުން މި ނިންމުން ނިންމާފައިވަނީ މިއަދު އެވެ. 

އެގޮތުން މި ނިންމުމަކީ އަދި އިންޑިއާ ސަރުކާރުގެ އެކަނި ނިންމުމެކެވެ. އަދި ރާއްޖޭގެ ސަރުކާރުން މިހާތަނަށް މިކަމަށް ހުއްދަ ދީފައެއް ނުވެއެވެ. އިންޑިއާ ސަރުކާރުގެ މި ނިންމުމާއެކު އައްޑޫ ސިޓީގައި ކޮންސިއުލޭޓް ގާއިމު ކުރެވޭނީ ރާއްޖޭގެ ސަރުކާރުން މިކަމާމެދު މަޝްވަރާކޮށް، އެއްބަސްވުމުންނެވެ.

މިހާރުވެސް 200 މިލިއަން ޔޫއެސް ޑޮލަރުގެ ޕްރޮޖެކްޓު އެ ސިޓީގައި އެކަނިވެސް ކުރިއަށްދާ ކަމަށް އިންޑިއާގެ ސަރުކާރުން ބުނެއެވެ. މި ޕްރޮޖެކްޓުތަކުގެ ތެރޭގައި، އައްޑޫގެ މަގުތައް ހެދުމުގެ އެކި މަސައްކަތްތަކާއި، ގަން އެއާޕޯޓު ރީ-ޑިވެލޮޕް ކުރުމުގެ ޕްރޮޖެކްޓެއް ހިމެނެއެވެ. މީގެ އިތުރުން، މަސް ޕްލާންޓް، އީކޯ ޓުއަރިޒަމް ޒޯން އަދި ރެހެބް ފެސިލިޓީ ހިމެނޭހެން އިންޑިއާގެ، އަށް ގްރާންޓް ޕްރޮޖެކްޓެއް މިހާރުވެސް އައްޑޫ ސިޓީގައި ކުރިއަށްދެއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް ގާއިމު ކުރުމުގެ މައިގަނޑު މަގުސަދަކީ ، އެ ސިޓީއަކީ އިގްތިސާދީ އަދި ކޮމާޝަލް ހަބަކަށް ހެދުން ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. އަދި މި މަސައްކަތް ކުރެވުމާއެކު އިންޑިއާ އަދި އައްޑޫ ސަރަހައްދާއެކު އޮތް ގުޅުން ވަރުގަދަ ވާނެ ކަމަށް އެ ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލެއް ގާއިމު ކުރެވުމުން، އިންޑިއާއަށް ދަތުރު ކުރުމަށް ވިސާ ހޯދުމަށް ރާއްޖޭގެ ދެކުނުގައި ދިރިއުޅެ ރައްޔިތުން މާލެ ދަތުރުކުރާ ކުރުން ނިމުމަކަށް ގެނެވޭނެކަމަށް އިންޑިއާގެ ސަރުކާރުން ފާހަގަ ކުރެއެވެ. އަދި އެ ހިދުމަތް ސީދާ އައްޑޫއިން ލިބޭ ގޮތް ހަމަޖެއްސޭނެ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ދެކުނުގެ ރަށްރަށުގައި މަސައްކަތް ކުރާ އިންޑިއާގެ ޓީޗަރުންނާއި ނަރުހުންނަށްވެސް ފަސޭހަތަކެއް ލިބޭނެ ކަމަށް އިންޑިއާގެ ސަރުކާރުން ބުނެއެވެ. 

ހަމައެއާއެކު އިންޑިއާގެ ކޮންސިއުލޭޓް އެއް އައްޑޫގައި ގާއިމުކުރެވުމުން، ރާއްޖެއާއި އިންޑިއާއާއި ދެމެދުވާ އިގްތިސާދީ އަދި ކޮމާޝަލް ގުޅުން ވަރުގަދަ ވާނެ ކަމަށް އެިންޑިއާ ސަރުކާރުން ފާހަގަ ކުރެއެވެ. 

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރާނެ ވަކި ސަރަހައްދެއް ކަނޑައަޅާނީ މިކަމަށް ރާއްޖޭގެ ސަރުކާރުން ހުއްސަ ދިނުމުން ކަމަށް އިންޑިއާ ސަރުކާރުން ބުނެއެވެ. 

މި ހަބަރާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަކީ އެންމެ ރަނގަޅު ނިންމުމެއްތޯ ސުވާލު އުފައްދާ، ފާޑުކިޔުން އަމާޒު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް