ads
ރައީސް ސޯލިހް____
ކޮވިޑްއާއި ގުޅިގެން ރައީސް މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވަނީ
ކޮވިޑް-19ގެ ހާލަތު ގޯސްވަމުން ދިޔުމާއިއެކު ރައީސް ސޯލިހް މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ރައީސް މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްއާއި ގުޅިގެން އެޅަމުންދާ އެންމެ ފަހުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ތަފްސީލް ގޮތެއްގައި ވާހަކަދައްކަވާނެ ކަމަށެވެ. 

ރައީސްގެ މި ބައްދަލުވުން އޮންނާނީ މިރޭ 22:00 ގައެވެ. 

އެންމެ ފަހުން ރައީސް ނޫސްވެރިންނާއި ބައްދަލުކުރައްވާފައި ވަނީ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އެވެ. ކޮވިޑްގެ ހާލަތު ގޯސްވާން ފެށިފަހުން މިއީ ރައީސް މިކަމާއި ގުޅޭގޮތުން ނޫސްވެެރިންާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، ހަރުކަށި ކާފިއުއެއް ވަނީ އިއުލާންކޮށްފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް