ads
ރައީސް ސޯލިހް މިރޭގެ ނޫސްވެރިންނާ ބައްދަލު ކުރެއްވުން
ކޮވިޑް މެނޭޖްކުރުމުގައި ފެއިލްވެފައިވާކަމަށް ގަބޫލެއްނުކުރަން: ރައީސް
ކޮވިޑް މެނޭޖްކުރުމުގައި ފެއިލްވެފައިވާކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ކޮވިޑް މެނޭޖުކުރުމުގައި ފެއިލްވެފައިވާކަމަށް ގަބޫލްފުޅު ނުކުރައްވާ ކަމަށާއި މިހާތަނަށް އައިއިރު ހުރި ރިސޯސްތަކާއި ތިއްބެވި ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމާއެކު ވަރަށް ރަނގަޅަށް މެނޭޖު ކުރެވުނު ކަމަށެވެ.

"ކޮވިޑް މެނޭޖް ކުރުމުގައި ފެއިލްވެފައި އޮތްކަމަކަށް އަޅުގަނޑު އަދިވެސް ގަބޫލެއް ނުކުރަން. އަޅުގަނޑުމެން ވަރަށް ރަނގަޅަށް މެނޭޖުކުރަމުން މިއައީ އަޅުގަނޑުމެން އަތުގައި ހުރި ރިސޯސަސްތަކާ. ތިއްބެވި ސިއްހީ ހިދުމަތްތެރިންގެ އެހީތެރިކަމާ އެކުގަ. މިހާރު މިއޮތީ ކުޑަ ދަތިކަމެއްގެ ތެރޭގައި އަޅުގަނޑުވެސް ގަބޫލް ކުރަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

ނަމަވެސް މިހާރު މިއޮތީ ކުޑަ ދަތިކަމެއްގެ ތެރޭގައިކަން ގަބޫލްފުޅު ކުރައްވާ ކަމަށާއި އަދިވެސް އިތުރު ފިޔަވަޅުތައް ނާޅައި ކުރިއަށް ދާކަމުގައި ވަންޔާ އަދިވެސް ދަތި އުދަގޫތަކާ ކުރިމަތިވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ހަރުކަށި އިތުރުފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެ ފިޔަވަޅުތަކާއިއެކު ކޭސްތައް ދަށްވެގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް