ads
ރައީސް ސޯލިހް____
އިތުރު ކޮވިޑް ފެސިލިޓީއެއް ހުޅުމާލޭގައި އަޅަނީ
ރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަހަކުން ދުވަހަކު ގޯސްވަމުންދާތީ، ފަރުވާ ދިނުމަށް ހުޅުމާލޭގައި އިތުރު މެޑިކަލް ފެސިލިޓީއެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

 ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ހުޅުމާލޭގައި މި ވަގުތު ފަރުވާ ދިނުމަށް ހުރި ފެސިލިޓީގައި ބައެއް ދަތިކަން އެބަހުރި ކަމަށާއި، އެ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހުޅުމާލޭގައި އަލަށް 270 އެނދުގެ ފެސިލިޓީއެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހުޅުމާލެ ފެސިލިޓީގައި މިވަގުތު 116 ނަރުހުން ބަލި މީހުންނަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވާ ކަމަށެވެ. އޭގެ ތެރެއިން ކޮންމެ 10 ބަލި މީހަކަށް ނަރުހެއް ހަމަޖެހިފައިވާ ކަމަށާއި ކޮންމެ 20 ބަލި މީހަކަށް ޑޮކްޓަރެއް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަސީލަތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް ވަރަށް މަދު. އެހެންވެ، ނަރުސްކަން ކިޔަވާ 144 ދަރިވަރަކު ހިދުމަތަށް ނެރުމަށް ވާހަކަ ދައްކަމުން އެބަދޭ." ރައީސް ވިދާޅުވި އެވެ.

އޭގެ ތެރެއިން ބައެއް ކުދިން އެތަނުގައި މަސައްކަތް ކުރަން އެއްބަސްވެފައި ވަނީ، އޭގެ ތެރެއިން 14 ކުދިން މަސައްކަތަށް މިއަދު ނިކުންނާނެ ކަމަށާއި އިތުރު 15 ކުދިން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިކުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް، ހުޅުމާލެ މެޑިކަލް ފެސިލީޓީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެޓެންޑެންސްގެ ގޮތުގައި 62 މީހަކު ހަރަކާތްތެރިވާ ކަމަށާއި އަދި 31 މީހުންނާއެކު، ކޯލް ސެންޓަރެއް ވެސް ވަނީ ގާއިމް ކުރެވިފައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއީ އެތާ ތިބޭ ބަލި މީހުންގެ އާއިލާތަކުން ކުރާ ފޯނުތަކަށް ޖަވާބުދީ، ބެލިނިވެރިކަމުގައި ތިބި ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް،" ރައީސް ވިދާޅުވި އެވެ.

އަދި ބަލިމީހުންނަށް ސޯޝަލް ކެއާ ދިނުމަށް ޖެންޑާ މިނިސްޓްރީގެ 20 މުވައްޒަފުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ހުޅުމާލޭގައި މިވަގުތު ވެސް ކޮވިޑަށް ފަރުވާ ދިނުމަށް 276 އެނދުގެ ފެސިލިޓީއެއް ހުރެ އެވެ. އެ ފެސިލިޓީގައި އައިސީޔޫގެ 11 އެނދާއި 18 ވެންޓިލޭޓަރު އެނދު ހުރެ އެވެ. ނަމަވެސް، ބަލީޖެހޭ މީހުން އިންތިހާއަށް ގިނަވުމާ ގުޅިގެން އެ ފެސިލިޓީގެ އެނދުތައް ވަނީ ފުރެން ކައިރިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް