ads
މ. ބޮޑުގޭގައި ހުސްކޮށް އޮތް ބިމުގައި ޕާކިން ޒޯނެއް ހަދަނީ
ސިޓީ ކައުންސިލުގެ ނިންމުން ބަދަލުކޮށް، ކުރެހުންތެރިންނަށް އަގު ދޭން ނިންމައިފި
އާޓިސްޓުންގެ ކަންބޮޑުވުންތަކާއެކު، ސިޓީ ކައުންސިލުގެ ނިންމުން ބަދަލުކޮށް އާޓިސްޓުން ކުރާ މަސައްކަތަށް އަގު ދޭން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ މ. ބޮޑުގޭގައި ހުސްކޮށް އޮތް ބިމުގައި ހަދާ ޕާކިން ޒޯންގެ އަރިމަތީ ފަރާތުގައި ރާއްޖޭގެ ރީތިކަން ދައްކައިދޭފަދަ އިސްލާމީ ވަންތަަކަން ރަމްޒުކޮށްދޭ ކުރެހުމެއް ހިލޭ ސާބަހަށް ކުރަހައިދޭނެ ފަރާތެއް ބޭނުންވާ ކަމަށް ވިދާޅުވެ، ޓްވީޓުކުރައްވާފައެވެ.

މޭޔަރުގެ ޓްވީޓާއެކު ގިނަ އާޓިސްޓުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައި އެކަމުން އަންގައިދެނީ ފަންނުވެރިންގެ މަސައްކަތަށް ސިޓީ ކައުންސިލުން އެއްވެސް ވަރަކަށް އިހުތިރާމް ނުކުރާ ކަން ކަމަށް ބުނެފައެވެ. 

އަދި ކޮވިޑް-19 އާ ގުޅިގެން ފްރީލާންސް ކޮށް މަސައްކަތް ކުރަމުން އައި ގިނަ އާޓިސްޓުންނަށް ވެސް އާމްދަނީ ހޯދާނެ މަގު ބަންދުވެފައިވާ މި ދަނޑިވަޅުގައި ސިޓީ ކައުންސިލުން ހިލޭ މަސައްކަތް ކުރުވަން ބޭނުންވުމުން ގިނަ އާޓިިސްޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެއާއެކު މޭޔަރު މުއިއްޒު ވަނީ ކޮވިޑާ ގުޅިގެން އާޓިސްޓުންނަށް އާމްދަނީ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ އެ މަސައްކަތަށް ބޭނުންވާ ކުލައާއި ވަސީލަތްތައް އެކަމުގައި ޝާމިލްވާ ފަރާތްތަކަށް ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މޭޔަރުގެ މި ނިންމުމާއެކު ވެސް ގިނަ ބަޔަކު ވަނީ ބޭނުންވަނީ ވަސީލަތްތައް ނޫން ކަމަށާއި ކުރާ މަސައްކަތަށް އަގު ކަމަށް ވިދާޅުވެފައެވެ.

ޑރ. މުއިއްޒު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވަނީ އާޓިސްޓުންގެ ކަންބޮޑުވުންތަކުގެ އަޑު އަހައި، އެ މީހުން ކުރާ މަސައްކަތަށް އަގު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ހާލަތެއްގައި ކުރިން އެގޮތަށް އިއުލާނުކުރީ އާޓިސްޓުން ކުރާ މަސައްކަތުގެ އަގު ވަޒަން ނުކުރާތީ ނޫން ކަން ފާހަގަކޮށް މޭޔަރު ވިދާޅުވީ އާޓިސްޓެއް ހޯދާނީ ބިޑަށް ލައިގެން ކަމަށެވެ.

ބޮޑުގޭގައި ހުސްކޮށް އޮތް ބިމުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް