ads
ފޮޓޯ--އެމްއެންޑީއެފް
8 މީހުނާ އެކު މުދާ އުފުލާ ދޯންޏެއް ނެރަށް އަރައިފި
އަށް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ނެރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ ކ. ހުދުރަންފުށި ރިސޯޓަށް އަށް މީހުންނާއެކު ދަތުރު ކުރި 93 ފޫޓްގެ މުދާ އުފުލާ ދޯންޏެއް ނެރަށް އަރާފައިވާ ކަމަށެވެ.

ނެރަށް އަރާފައި ވަނީ ދިރުން ނަމަކަށް ކިޔާ ދޯންޏެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

ނެރަށް އުރުނު އެ ދޯނީގައި 8 މީހުން ތިބި ކަމަށާއި، އެއީ ހަތް ބިދޭސީންނާއި ދިވެއްސެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ވެފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަތީގައި ހަރަކާތްތެރިވާ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށާއި އެ ހާދިސާގެ ރިޕޯޓު ސިފައިންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 10:20 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނާ ގޮތުގައި މި ދޯނި މިހާރު ވަނީ ފުންކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް