ads
ފޮޓޯ: ޖަމާލުއްދީން ސްކޫލް
ކޮވިޑް ޖެހިފައިވާ ދަރިވަރުނަށް ދަނީ އެހީ ފޯރުކޮށްދެމުން: އެޑިއުކޭޝަން
ކޮވިޑް ޖެހިފައިވާ ދަރިވަރުންނަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަނުން ބުނީ އޯލެވެލް އިމްތިހާނު ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. އަދި އެ މިނިސްޓްރީން ދަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ދަރިވަރުންނާއި ކަރަންޓީނުގައި ތިބި ދަރިވަރުން އިމްތިހާނަށް ދިއުމުގެ އިންތިޒާމު ހަމަޖައްސާދެމުން ކަމަށް ވެސް ބުނެ އެވެ.

އޯލެވެލް އިމްތިހާނު ފެށުނީ މިމަހުގެ އެއްވަނަ ދުވަހުގައި ކަމަށާއި ޖޫން މަހުގެ 11 ވަނަ ދުވަހުގައި އިމްތިހާނު ނިމޭނެ ކަން ފާހަގަކުރަމުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ބަލި ޖެހިފައިވާ ދަރިވަރުން އަދި ކަރަންޓީނުގައި ތިބި ދަރިވަރުން ޓެސްޓު ހަދަމުން ދަނީ ވަކި ހޯލެއްގައި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފުލުހުންނާއި ގުޅިގެން އިމްތިހާނަށް ސްކޫލަށްދާ ދަރިވަރުނަށް ހާއްސަ ފާހެއް ދެމުން ގެންދާ ކަމަށެވެ.އަދި އެކުދިންނާ އެކުގައިދާ ބެލެނިވެރިނަށް ވެސް ހާއްސަ ފާހެއް ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ ގްރޭޑް ނުވައެއްގެ އިމްތިހާނު މާލެ އަދި ކޮވިޑް ފެތުރިފައިވާ ރަށްތަކުގައި ކުރިއަށް ނުދާނެ ކަމަށާއި އެ ދަރިވަރުންނަށް ޓީޗާ ބޭސް އެސެސްމެންޓް ނުވަތަ އޮންލައިން ކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އޮންލައިންކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށްދާއިރުގައި ހަމައެކަނި ދިރާގު ކަސްޓަމަރުންނަށް އެޑިއުކޭޝަނުން ޑާޓާ ދިނުމަށް ނިންމާފައި ވަނީ ދިރާގުން ދަރިވަރުންނަށް ހާއްސަ ރޭޓެއްގައި ޑާޓާ ދޭން އެއްބަސްވުމުން ކަމުގައި އެ މިނިސްޓްރީން ބުނެ އެވެ. އެގޮތުން ދިރާގުން 35 ރުފިޔާއަށް 5ޖީބީ ދޭން އެއްބަސްވެފައިވާ ކަމަށް އެޑިއުކެޝަން މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަނުން ބުނެފައި ވަނީ އުރީދޫ ނަންބަރު ބޭނުން ކުރާ ދަރިވަރުނަށް ވެސް ދިރާގު ސިމެއް މެދުރެވިކޮށް ޑާޓާ ލިބޭނެ ކަމަށާއި ދިރާގު ސިމް ހޯދުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް