ads
ބޭންކް އޮފް މޯލްޑިވްސް އިން މިރޭ މާލޭގައި ހުޅުވި ބިޒްނަސް ސެންޓަރު -- ފޮޓޯ: ބީއެމްއެލް
ޖޫން 10 އާއި ހަމައަށް ބީއެމްއެލްގެ ބްރާންޗްތައް ބަންދުކޮށްފި
މިއަންނަ ޖޫން 10 އާއި ހަމައަށް ބީއެމްއެލްގެ ހުރިހާ ބްރާންޗްތައް ބަންދުކޮށްފި އެވެ.

ބީއެމްއެލްއިން އާންމުކުރި އެންގުމެއްގައި ބުނެފައިވާ ގޮތުން ބީއެމްއެލްގެ ހުރިހާ ބްރާންޗްތަކަކާއި، ސާވިސް ސެންޓަރުތައް ހިމެނޭ ގޮތަށް، ހުރިހާ ސެންޓަރުތަކެއް މާދަމާއިން ފެށިގެން މިއަންނަ ޖޫންމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބަންދުވާނެއެވެ. 

އަދި މިމުއްދަތުގެ ތެރޭގައިވެސް ހިދުމަތްތަކަށް ބުރޫނާރާ ކަސްޓަމަރުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް، ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކުވެސް އޮންލައިންކޮށް ހިދުމަތް ދެމުން ގެންދާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. 

އަދި މިހިދުމަތްތަކުގެ ތެރޭގައި އިންޓަނޭޝަނަލް ޓްރާންސްފާ، ޕޭރޯލް ޕްރޮސެސިން އަދި ބީއެމްއެލް ޗެކް ޕްރޮސެސިންވެސް ހިމެނޭނެކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. 

ހަމައެހެންމެ އެމްއެމްއޭގެ ބޭންކިން ހިދުމަތްތައް އޮންނަ ގޮތަށް ބަލައި އޭސީއެޗް، އާރުޓީޖީއެސް އަދި އެހެނިހެން ޗެކްތައް ކްލިއާ ކުރުން ކޮންމެ ހޯމަ، އަންގާރަ އަދި ބުދަދުވަހަކު ކުރިއަށްދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު ގިނަ މުއައްސަސާތަކުގެ ހިދުމަތް މިހާރު ދެމުން އަންނަނީ އޮންލައިންކޮށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް