ads
ނައިބު ފައިސަލް ނަސީމް
ނައިބު ރައީސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ މިކަން ކަށަވަރު ކޮށްދެއްވާފަ އެވެ. 

އެގޮތުން ނައިބު ރައީސް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ މިއަދު ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށާއި، މިވަގުތު ނައިބު ރައީސް ހުންނެވީ އެކަހެރިވެވަޑައިގެން ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

ނައިބު ރައީސް ޕޮޒިޓިވްވިކަން ހާމަކޮށް މަބްރޫކު ޓުވީޓަކުން އެކަން ކަށަވަރު ކޮށްދެއްވާފައިވަނީ، އެފަދަ ވާހަކައެއް ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ދަނޑިވަޅެއްގައެވެ.

މިދިޔަ އޭޕްރީލް މަހު 13 ގައި ނައިބު ރައީސް ވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވާފައެވެ. އަދި މިހާރު އެމަަނިކުފާނު އަންނަނީ، އެޗްއީއޯސީ ގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން އެ މުވައްސަސާއާ ހަވާލުވެވަޑައިގެން މަސައްކަތް ކުރައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް