ads
ސައީދު އޭނާގެ ސައިކަލްގައި
މިއީ އަޑުން ކޮންޓްރޯލް ކުރާ މުޅިން ތަފާތު ސައިކަލެއް
ކޮންމެ މީހަކީ ވެސް ތަފާތު ސައިކަލެއް ގެންގުޅެން ބޭނުންވާނެ މީހެއް ކަން ޔަގީނެވެ. އެގޮތުން އުއްތަރު ޕްރަދޭޝްއަށް ނިސްބަތްވާ މުހައްމަދު ސައީދު އަކީ ތަފާތު ސައިކަލެއް ގެންގުޅޭ މީހެކެވެ.
ކޮންމެ މީހަކީ ވެސް ތަފާތު ސައިކަލެއް ގެންގުޅެން ބޭނުންވާނެ މީހެއް ކަން ޔަގީނެވެ. އެގޮތުން އިންޑިއާގެ އުއްތަރުޕްރަދޭޝްއަށް ނިސްބަތްވާ މުހައްމަދު ސައީދަކީ ތަފާތު ސައިކަލެއް ގެންގުޅޭ މީހެކެވެ.

ސައީދުގެ ސައިކަލަށް އޭނާ ކިޔަނީ "ތާޒަން" އެވެ. ބޭރުގެ ހަބަރުތަކުން ބުނާގޮތުގައި އޭނާ ވަނީ މިސައިކަލް އޭނާގެ އަޑުން ކޮންޓްރޯލު ކުރެވޭ ގޮތް ހަދާފަ އެވެ. މިނޫން ވެސް އެހެން ބައެއް ހާއްސަ ސިފަތައް މިސައިކަލަށް ލިބިފައިވެ އެވެ.

މީގެތެރޭގައި އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ސައިކަލުގައިވާ އޭޓިއެމްއެވެ. އޭޓިއެމް ހަރުކޮށްފައިވަނީ ސައިކަލުގެ ހުންގާނުގެ ކައިރީގަ އެވެ. އޭޓިއެމްގެ އެންމެ ސަޅި ކަމަކީ ސައީދު ބުނެލާއިރަށް އޭޓީއެމްގެ ތެރެއިން ވަކި ލާރި ބޭރުވުމެވެ.

މީގެއިތުރުން ސައީދު އިޝާރާތްކޮށްލުމުން ސައިކަލުގައި ހަރުކޮށްފައިވާ ސްޕީކަރުތަކުން ލަވަ ވެސް ޖެހެ އެވެ. އަދި އަތުގެ އިޝާރާތުން ލަވަ ހުއްޓުވާ ވެސް ލެވެ އެވެ. ސައިކަލް ސްޓާޓް ވާށޭ ސައީދު ބުނާއިރަށް ސައިކަލް އަމިއްލަށް ސްޓާޓްވެސް ވެއެވެ. އަދި ސައިކަލްގެ ހުންގާނުގައި މޫނަށް ފިނިވާ ގޮތަށް ހަރުކޮށްފައިވާ ކުޑަ ފަންކާއެއް ވެސް ބަހައްޓާފައިވެ އެވެ.

ސޯޝަލް މީޑިއާގައި ސައީދުގެ ސައިކަލުގެ ވީޑިއޯއެއް އާންމުވެފައިވާއިރު ގިނަ ބަޔަކު ވަނީ ސައީދަށް ތައުރީފުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް