ads
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައ މިނިސްޓަރު މާރިޔާ ފޮޓޯ: އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް މިނިސްޓަރު މާރިޔާ ޒިޔާރަތްކުރައްވައިިފި
ރޭ ފަތިހު، މާލެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ސަަރަހައްދަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޒިޔާރަތް ކުރައްވައިފިއެވެ.

މއ.މޯނިންވިއުގައި ހިނގި މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 5:00 ހާއިރުއެވެ. 

ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި މިނިސްޓަރު މާރިޔާ ވަނީ އަލިފާން ނިއްވާ ފަރާތްތައް ކުރަމުން ދިޔަ މަސައްކަތް ބައްލަވާލައްވާލާފައެވެ. 

މީގެ އިތުރުން މިނިސްޓަރު ވަނީ ހާދިސާގެ މައުލޫމާތު އޮޅުންފިލުވައި، ލިބުނު ގެއްލުންތައް ވެސް ބައްލަވާލާފައެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން ވަނީ ވަގުތީ ގޮތުން ގިޔާސުއްދީން ސުކޫލްގައި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ފަސް އާއިލާއެއްގެ 29 މީހުން ހިމެނެއެވެ. 

އަލިފާން ރޯވެފައިވަނީ މޯނިންވިއުގެ 2 ވަނަ ފަންގިފިލާގައެވެ. ހާދިސާ ހިނގި ތަނުގައި އެވަގުތު ތިން މީހުން ތިބިއިރު، އަލިފާން ރޯވުމުން އެ މީހުން ބޭރަށް ނިކުންނަށް އުޅުމުގެ ތެރޭގައި ވަނީ އެމީހުންނަށް ކުދި އަނިޔާވެފައެވެ. 

އަލިފާން ރޯވި އިމާރާތް ކައިރީގައި ހުރި އިމާރާތްތަކުގެ މީހުން ހުސްކުރުމަށް ފަހު، ފުލުހުންގެ އެހީއާއެކު މިހާރު ވަނީ އެމީހުން އަނބުރާ ގެއަށް ވައްދާފައެވެ.

ހާދިސާ ހިނގިތާ ގަޑިއެއްހާއިރު ފަހުން އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް