ads
ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު:--
ރައްޔިތުންނަށް ހެޔޮއެދޭނަމަ 5 މިލިއަން ޑޮލަރު ދައުލަތަށްދީ: ނިހާދު
ރައްޔިތުންނަށް ހެޔޮއެދޭނަމަ ހުކުމް ކޮށްފައިވާ ފަސް މިލިއަން ޑޮލަރު ދައުލަތަށް ދިނުމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގޮވާލައިފިއެވެ.

ނިހާދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ރައްޔިތުންނަށް އެހާ ހެޔޮއެދޭނަމަ މިހާލަތުގައި އެންމެ ރަނގަޅުވާނީ ހުކުމް ކޮށްފައިވާ ފަސް މިލިއަން ޑޮލަރު އަވަހަށް ދައުލަތަށް ދިނުން ކަމަށެވެ. 

އިދިކޮޅު ކޯލިޝަނަށް ނިސްބަތްކޮށްފައިވާ މިޓްވީޓުގައި އިތުރަށް ބުނެފައިވަނީ ފަސް މިލިއަން ޑޮލަރަކީ ރާއްޖެއަށް ވަރަށް ބޮޑު އެއްޗެއް ކަމަށާއި، އެހެންކަމުން އެ ފައިސާ އަވަހަށް ސަރުކާރަށް ދިނުމަށެވެ. 

އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު 29 ވަނަ ދުވަހުގައެވެ. ކްރިމިނަލް ކޯޓުގައި މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައި ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.  

އަދި މިމައްސަލައިގައި އެމަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ހަމަސްދުވަހުގެ ތެރޭގައި އެފައިސާ ދައުލަތަށް ދެއްކުމަށްވެސް އަންގާފައެވެ. ނަމަވެސް މިވީހާތަނަށް ޔާމީނުގެ ފަރާތުން ސަރުކާރަށް އެފައިސާ ދައްކާފައެއް ނުވެއެވެ.

ކޮވިޑް-19ގެ މިހާލަތާއެކު ރާއްޖޭގެ އިގްތިސޯދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން މިހާރު ސަރުކާރުގެ ހަރަދުތައް ބެލެހެއްޓުމަށްޓަކައި އަންނަނީ އިތުރަށް ރުފިޔާވެސް ޗާޕުކުރަމުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް