ފަތުރުވެރިކަން އަލުން ފެށީ ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހު
އިންޑިއާ ފަތުރުވެރިން އައުން މަނާ ކުރުމުން ފަތުރުވެރިކަން ބޮޑުތަނުން ދަށަށް
Share
އިންޑިއާ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭގޮތް ހެދުމުން ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.
Advertisement

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ސައުތު އޭޝިއާ ގައުމުތަކުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. 

މިފިޔަވަޅާއެކު ރާއްޖެއަށް މިއަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަމުން އައި އިންޑިއާގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުން ވަނީ ހުއްޓިފައެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށްވަނީ އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.

އެގޮތުން މިމަހަކީ މިއަހަރުގެ މިހާތަނަށް އެންމެ މަދުން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ މަހަށް ވާއިރު މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 55,788 ފަތުރުވެރިންނެވެ. އަދި އެވެރޭޖްކޮށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް ދަށްވެފައިވާއިރު މިމަހުގައި އެވްރެޖްކޮށް ރާއްޖެ ޒިޔާރަތް ކުރަނީ ދުވާލެއްގެ މައްޗަށް 2,232 ފަތުރުވެރިންނެވެ.

އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އާންމު ގޮތެއްގައި ނުވަ ދުވަހުގެ މުއްދަތަކަށް ރާއްޖޭގައި މަޑުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިން ކަމަށް ވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. 

ނަމަވެސް އިންޑިއާއިން ފަތުރުވެރިން ރާއްޖެއައުން މަނާ ކުރުމާއެކު މިހާރު ފަތުރުވެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެގޮތުން އާންމު ގޮތެއްގައި ދެހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރަމުން އައިނަމަވެސް މި ފިޔަވަޅާއެކު މިހާރު ވަނީ މިއަދަދުތައް ހާހަކަށް ވެއްޓިފައެވެ. 

ބައެއް ފަރާތްތަކުން ތުހުއްމަތުކުރާ ގޮތުގައި މީގެ ކުރިންވެސް ފަތުރުވެރިންގެ ވިސާ ނަގައިގެން ރާއްޖެ އަންނަމުން ދިޔައީ ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މުއައްޒަފުންނެވެ. އަދި އެމީހުން އެގޮތަށް ކަންތައް ކުރަނީ ޓޫރިސްޓު ވިސާގައި ރާއްޖެ އައުމުން ކަރަންޓީނުވާން ނުޖެހޭތީ ކަމަށްވެސް ގިނަ ބަޔަކުދަނީ ސޯޝަލްމީޑިއާގައި ތުހުއްމަތު ކުރަމުންނެވެ. އަދި ކޮވިޑްގެ ހާލަތު މިހާ ގޮސްވެފައިމިވަނީ މިސަބަބާއިހުރެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް