ads
މޭޔަރު މުއިއްޒު އަދި ރައީސް ސޯލިހު
މޭޔަރު މުއިއްޒު ރައީސް ސޯލިހާ ބައްދަލުކުރައްވައިފި
މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށާއި މަސައްކަތްތައް ތަންފީޒުކުރުމުގައި ބޭނުންވާ އެހީތެރިކަމާމެދު މަޝްވަރާކުރުމަށް ރައީސް ސޯލިހާއެކު މިއަދު ބޭއްވުނީ ބިނާކުރަނިވި އަދި އުންމީދީ ބައްދަލުވުމެއް ކަމަށެވެ. އަދި ރައީސް ސޯލިހު ދެއްވި ވަގުތަށާއި އުންމީދީ ޖަވާބުތަކަށް ޑރ.މުއިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.

މިއީ ޑރ. މުއިއްޒު މޭޔަރުކަމާ ހަވާލުވެލުވުމަށްފަހު ރައީސް އާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދާލުމަށް ޑރ.މުއިއްޒަށް ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް އިންތިހާބުވެ ރަސްމީކޮށް މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން މުއިއްޒު ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ގާތުން ބައްލަވަމުން ގެންދަވައެވެ.

މުއިއްޒަކީ މާލޭގެ ފުރަތަމަ އިންތިހާބީ މޭޔަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް