ads
ކުޑަ ކުއްޖާ ވެއްޓުނު ފެންގަނޑު -- ފޮޓޯ: ޕޮލިސް
މަސްފެންގަނޑަށް ވެއްޓުނު ކުޑަ ކުއްޖާ އިތުރު ފަރުވާއަށް ބޭރަށް ފޮނުވާލަނީ
މިދިޔަ މަހުގެ 15 ގައި ލ. ގަމުގެ ގެއެއްގެ މަސް ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ކުއްޖާ އިތުރު ފަރުވާ ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
މިދިޔަ މަހުގެ 15 ގައި ލ. ގަމުގެ ގެއެއްގެ މަސް ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ކުއްޖާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު ފަރުވާއަށް އެކުއްޖާ ބޭރަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި ހުރިހާ ކަމެއް ހަމަޖެހުމުން އެ ކުއްޖާ ބޭރަށް ފޮނުވާލުން ލަސްނުވާނެ ކަމަށެވެ.

އެކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާއިރު ކުއްޖާގެ ހާލަތު އަދިވެސް އޮތީ ކުރިއެކޭ އެއްގޮތަކަށް ކަމަށްވެސް އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

މަސް ފެންގަނޑަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު ވެއްޓި ހާލު ސީރިއަސްވީ އުމުރުން އެންމެ ދެ އަހަރުގެ ފިރިހެން ކުއްޖެކެވެ. ވެއްޓުނު ދުވަހު ފަރުވާއަށް އެކުއްޖާ ވަނީ މާލެ ގެނެސްފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހެއްގެ ސައިކަލުގަ އެވެ. އަދި އެ ކުއްޖާ ވެއްޓުނީ ދިރިއުޅެމުން އަންނަ ގޭގައި ހަދާފައި ހުރި ފެންގަނޑަކަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް