ads
ބީއެމްއެލް
ބުރާސްފަތި ދުވަހު ކާޑު ސިސްޓަމް އަޕްގްރޭޑް ކުރަތީ ހިދުމަތްތަކަށް ބުރޫ އަރާނެ: ބީއެމްއެލް
ބީއެމްއެލްގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައެއް ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މަސައްކަތް ކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 10:00 އިން ހުކުރު ދުވަހުގެ ހެނދުނު 9:00 އާ ދެމެދު ކަމަށެވެ. 

ބީއެމްއެލުން ބުނެފައި ވަނީ އެ ވަގުތުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކާޑުގެ ހިދުމަތްތައް ހިމެނޭހެން އޭޓީއެމް އާއި ޕީއޯއެސް އާއި އެމްޕޮސް، އަދި މާޗަންޓް ޕޯޓަލް އާއި ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށެވެ.

އެ ހިދުމަތްތައް މެދުކެނޑުނު ނަމަވެސް އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށް ވެސް ބޭންކުން ބުނެ އެވެ.

މިއީ ކުރިއަށް އޮތްތަނުގައި ހިދުމަތްތަކަށް ގެންނަ މުހިންމު ބަދަލުތައް ގެނައުމުގެ ބޭނުމުގައާއި ބޭންކިން ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާއެކު ހިދުމަތް ދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ބޭންކުން ބުނެ އެވެ.

އަދި އޭގެ ސަބަބުން ކަސްޓަމަރުންނަށް ދެމުންދާ ބޭންކިން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްގެ ގިނަ ހިދުމަތްތަކަކީ މިހާރުވެސް ގޭގައި ތިބެގެން، އޮންލައިންކޮށް ލިބޭ ހިދުމަތްތަކެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް