ads
ހަރްމާން އާއި ޕްރިޔަންކާ
ޕްރިޔަންކާ ހަރްމާންއާ އެކު ފަސް އަހަރު އުޅުނު
އެންމެންގެ ހިތްތައް ކަތިލި ޕްރިޔަންކާ ވަނީ އޭނާގެ ކުޅަދާނަކަން ހޮލީވުޑްގަ ވެސް ދައްކާލާފައެވެ. ޕްރިޔަންކާ މިހާރު ނިކް ޖޯނަސްއާ އެކުގައި ލޯބިން އުޅެމުން ދާއިރުގައި އޭނާގެ ކުރީގެ ލޯބިވެރިންނަކީ ކޮންބައެއްތޯ އެއީ ގިނަ ބައެއްގެ ސުވާލެވެ.

ޕްރިޔަންކާ އޭނާގެ ހަޔާތުގައި ހަތް މީހުންނާ ވަނީ ރައްޓެހިވެފަ އެވެ. ނަމަވެސް އެ ލޯބީގެ ގުޅުންތައް ކޮންމެވެސް ސަބަބަކާ ހުރެ ކައިވެނީގެ ގުޅުމާ ހަމަޔަކަށް ނުދެ އެވެ.

ޕްރިޔަންކާ ރައްޓެހިވި މީހުންގެ ތެރޭގައި އޭނާ އެންމެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުނީ ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސާއެއް ކަމަށްވާ ހެރީ ބަވޭޖާގެ ފިރިހެން ދަރިފުޅު ހަރްމާން އާއެވެ.

ހަރްމާން އާއި ޕްރިޔަންކާ ދިމާވީ ލަވް ސްޓޯރީ 2050 ފިލްމު ކުޅުމުގެ ސެޓުންނެވެ. ދެ މީހުންގެ އެކަކު އަނެކަކުދެކެ ވަރަށް ލޯބިވި އެވެ. ދެ މީހުން އެކުގައި ފަސް އަހަރު ހޭދަކުރުމަށް ފަހުގައި އެ ގުޅުން ނިމިގެން ދިޔައީ ދެ މީހުން އެކުގައި ކުޅޭ ފިލްމުތައް މަޝްހޫރް ނުވާތީ އެވެ.

ޕްރިޔަންކާ އޭގެ ފަހުން ވެސް ވަނީ ބޮލީވުޑްގެ ބަތޮލުންނާއި ރައްޓެހިވެފަ އެވެ. އަދި މިހާރު އޭނާ އުޅެނީ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އާ ކައިވެނިކޮށްގެނެވެ.  

0%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް