ads
ރައީސް ޔާމީން އަދި ޝުޖާއު--
ޝުޖާއު ވިދާޅުވީ މަގު ސާފުކޮށް ނިންމާލީ "ޔާނު ސްޕީޑު"ގަކަމަށް
ގަހެއް މަގުމައްޗަށް ވެއްޓި މަގު ބަންދުވެފައި ވަނިކޮށް، މާލެ ސިޓީ ކައުންސިލުން އެ މަގު ސާފުކޮށް ނިންމާލީ "ޔާނު" ސްޕީޑުގައި ކަަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ވައިގަދަވުމާއި ގުޅިގެން ސަލްޓަންޕާކުގައި ހުރި ގަހެއް ވެއްޓި ލިލީމަގުން ދަތުރު ނުކުރެވޭ ވަރަށް އެއްކޮށް އޮތީ ބަންދުވެފައެވެ.

މިކަމާ ގުޅިގެން ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަސް ވެއްޓުނީ ހެނދުނު 7:00 ހާއިރު ކަމަށާއި މާލެ ސިޓީ ކައުންސިލުން 9:30 ހާއިރު އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އަދި މެންދުރު 12:30 ހާއިރު މަގު އެއްކޮށް ސާފުކޮށް އާންމުންނަށް ހުޅުވާލެވުނުކަން ފާހަގަކުރައްވައި ޝުޖާއި ވިދާޅުވީ މަގު ސާފުކޮށް ނިންމާލާފައި އެވަނީ "ޔާނު" ސްޕީޑުގައި ކަމަށެވެ. 

މިކަމާ ގުޅިގެން ޝުޖާއު ސީއެންއެމް އަށް ވިދާޅުވީ "ޔާނު" ސްޕީޑަކީ ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގައުމު ބިނާކުރައްވަން މަސައްކަތް ކުރެއްވި ފަދަ އަވަސް ސްޕީޑުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި މަގު ސާފު ކުރީ "ޔާނު" ސްޕީޑުގައި ކަމަށް ދެންނެވީ އެހާވެސް އަވަހަށް އެކަން ކޮށް ނިންމާލާފައިވާތީ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފޮތުގަ ތަރައްގީގެ ބާރު ސްޕީޑަށް ކިޔާނީ 'ޔާނު' ސްޕީޑު" ޝުޖާއު

މާލެ ސިޓީގެ ކައުންސިލަރު އާދަމް ރަމީޒު އާއި ހުރިހާ މުވައްޒަފުންނަށް ޝުޖާއު ވަނީ މިކަމާގުޅިގެން ސާބަސް ދެއްވާފައެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް