ads
އިންޑިއާގެ ސުޕްރީމް ކޯޓު-
ކޮވިޑް-19ގައި ޔަތީމުވި ކުދިންނަށް އަޅާލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފި
ކޮވިޑް-19ގައި ޔަތީމުވި ކުޑަކުދިންނަށް އަޅާލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން އެގައުމުގެ ސަރަހައްދީ ސަރުކާރުތަކުގެ މަައްޗަށް އަމުރުކޮށްފި އެވެ.

ހަލުވިކަމާއެކު އިންޑިއާގައި ކޮވިޑް ފެތުރެން ފެށުމާއެކު މިދިޔަ މާޗު މަހު މުޅި އިންޑިއާ ވަނީ ލޮކްޑައުންކޮށްފައެވެ. ލޮކްޑައުުންއަށް ފަހު ހާލުގައި ޖެހުނު ޔަތީމު ކުޑަކުދިންނަށް އެހީވުމަށް އެގައުމުގެ ސުޕްރީމް ކޯޓުން އިންޑިއާގެ މައި ސަރުކާރަށާއި ސަރަހައްދީ ސަރުކާރުތަކަށް އަމުރުކޮށްފައިވަނީ އެ ކޯޓުން ބެލި މައްސަލައެއް ނިންމައި ކުރި ހުކުމުގަ އެވެ.

އެންޑީ ޓީވީ އިން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ 2020 ވަނަ އަހަރުގެ ލޮކްޑައުންއަށް ފަހުން ޔަތީމުވި ކުޑަކުދިން ދަނެގަނެ އެކުދިންގެ ދަފްތަރެއް އެކުލަވާލުމަށް އެގައުމުގެ ސްޓޭޓް ސަރުކާރުތަކާއި މައި ސަރުކާރުގެ މައްޗަށް ވެސް އަމުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުން ބުނީ ލޮކްޑައުންއަށް ފަހު އާއިލާއެއްގެ ކެއުން ބުއިމަށް އާމްދަނީ ހޯދާ ފަރާތުގެ ވަޒީފާ ގެއްލިފައިވާ ނަމަ އެ ގެއެއްގައި ދިރިއުޅޭ ކުޑަކުދިން ދަނެގަނެ އެ ކުދިންގެ ދަފްތަރެއް ވެސް އެކުލަވާލަން ޖެހޭނެ ކަމަށެވެ.

ކުޑަކުދިންނަށް ކޮންމެހެންވެސް އަޅާލަން ޖެހޭނެ. އެކުދިން ނަފްސާނީ ގޮތުން އެކުދިން ކުރިމަތިލަމުން އަންނަ ކަންތައް ދަނެގެނެ، އެކުދިންނަށް އެހީވާން ޖެހޭ- ސުޕްރީމް ކޯޓުގެ ފަނޑިޔާރު އެލް. ނަގޭސްވަރަ ރާއޯ

ސުޕްރީމް ކޯޓުން ބުނެފައިވަނީ ގިނަ އަދަދެއްގެ ކުޑަކުދިން ކޮވިޑް-19ގެ މިހާލަތާ ގުޅިގެން ޔަތީމުވެފައިވާ ކަމަށެވެ. ކޯޓުން ވަނީ މިހާލަތުގައި ގަވައިދާ ހިލާފަށް ޔަތީމުކުދިން އެޑޮޕްޓް ކުރާ މައްސަލަތައް ވެސް ފެންމަތިވަމުން އަންނަ ކަމަށް ބުނެފައެވެ. 

ކޯޓުން ވަނީ ކަމާބެހޭ ފަރާތްތުގެ މައްޗަށް ހާލުގައި ޖެހިފައިވާ ޔަތީމު ކުދިންގެ އަންނައުނާއި ކެއުން އަދި ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އަންގައި ހުކުމް ކޮށްފައެވެ.

އެގައުމުގެ ވުމެން އެންޑް ޗައިލް ޑިވެލޮޕްމެންޓް މިނިސްޓަރު ސިމްރިތީ ވިދާޅުވީ މިއަހަރުގެ އެޕްރިލް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 25 ގެ ނިޔަލަށް 577 ކުޑަކުދިން ކޮވިޑް-19 އާއި ގުޅިގެން ޔަތީމުވެފައިވާ ކަމަށެވެ.

 މި މަހުގެ 19 ވަނަ ދުވަހު އޭއެފްޕީން ރިޕޯޓު ކުރިގޮތުގައި އިންޑިއާއިން ކޮވިޑް-19 ގައި އެތައް ހާސް ކުޑަކުދިންގެ މައިންބަފައިން ވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް