ads
ސިފައިންގެ ވައުދާ ހުވާ މަތިން ހަނދާން ކުރުން މުހިންމު: މިނިސްޓަރު
ސިފައިންގެ ވައުދާ ހުވާ މަތިން ހަނދާން ކުރުން މުހިންމުކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިފައިންގެ ވައުދާ ހުވާ މަތިން ހަނދާން ކުރުން މުހިންމުކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ރާއްޖެއިން ބޭރުން އޮފިސަރ ކެޑޭޓް ތަމްރީނު ފުރިހަމަކުރި ހަ ސިފައިން ކަމިޝަން ކުރުމަށް ބޭއްވި ހަފްލާއެއްގައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް ވަނީ ކަމިޝަންކުރެއްވި އޮފިސަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ސިފައިން ކޮށްފައިވާ ހުވަޔާއި ގައުމީ ޒިންމާ އަދާކުރުމުގައި ޤާނޫނުން މަތިކޮށްފައިވާ ޒިންމާގެ މަތިން ވަނީ ހަނދާން އާކޮށްދެއްވާފައެވެ.

ސިފައިންގެ ޤާބިލްކަން އިތުރު ކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ސިފައިންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުކުރެއްވުމާއި ވެލްފެއަރގެ ކަންކަން ރަނގަޅުކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ނުހަނު އިސްކަމެއް ދެއްވަމުންގެންދަވާ ކަމަށެވެ.

މި ރޭގެ ރަސްމިއްޔާތުގައި ކަމިޝަން ކުރެއްވި ހަ އޮފިސަރުންގެ ތެރޭގައި ހިމެނެނީ، އެމެރިކާ އިން އޮފިސަރ ކެޑޭޓް ތަމްރީނު ފުރިހަމަ ކުރެއްވި ލެފްޓިނަންޓް އިސްމާޢީލް އަޙްމަދު އަދި ލެފްޓިނަންޓް އިބްރާހީމް ޢަލީއެވެ. އަދި އިންޑިޔާއިން އޮފިސަރ ކެޑޭޓް ތަމްރީނު ފުރިހަމަ ކުރެއްވި ލެފްޓިނަންޓް ޢަބްދުﷲ ފިޔާޒާއި ލެފްޓިނަންޓް ޠައްޔިބާ އިބްރާހީމާއި ލެފްޓިނަންޓް އަޙްމަދު ޝިޒާނު އަދި ލެފްޓިނަންޓް ނިޢުމާ އަބްދުއްރަޙްމާން އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް