ads
ބައްސާމްއާއި މަހްލޫފު
މަހުލޫފުގެ ނިންމުމާހެދި އޭއެފްސީ ކަޕު މާލޭ ދެން ނުބޭއްވޭނެ
ކުޅިވަރު ވަޒީރު އަހްމަދު މަހުލޫފުގެ ނިންމެވުމާ ހެދި، އޭއެފްސީ ކަޕު ހޯސްޓް ކުރުމުގެ ފުރުސަތު ދެން ރާއްޖެއަށް ލިބުމުގެ ފުރުސަތު ކުޑަކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިނިސްޓަރު މަހުލޫފު މި މަހުގެ ކުރީކޮޅު، މާލޭގައި އޭއެފްސީ ޕްލޭ އޮފް މެޗެއް ކުޅުމަށް އައި އިންޑިޔާގެ ބެންގަލޫރު ޓީމު ރާއްޖޭން ފުރައިގެން ދިޔުމަށް އެންގީ އެއް ރެއެއްގެ ރޭގަނޑު ކުއްލި އަކަށް ކުރި ޓްވީޓަކުންނެވެ. އެއާ އެކު އެފްއޭއެމާ އަދި އޭއެފްސީން އެކަމާ މެދު ހިތްހަމަ ނުޖެހުންތަކެއް ހުރި ކަމުގެ މައުލޫމާތު ލިބުނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މިނިސްޓަރުގެ ކުއްލި ނިންމުން ވެގެންދިޔައީ އޭއެފްސީއަށްވެސް އަދި ބެންގަލޫރު ޓީމަށްވެސް ލިބުނު ކުއްލި ސިހުމަކަށެވެ.

ހަގީގަތުގައި ބެންގަލޫރު ޓީމުގެ ކުޅުންތެރިން ހޮޓަލުން ނުކުތުމަކީ އެ ކުޅުންރިން ހެދި ބޮޑު ގޯހެއް. އެކަމަކު އޭނގެ މާނައެއް ނޫން އެ ޓީމު ވަގުތުން ފުރައިގެން ދާން ޖެހުމަކީ. އެ ކުޅުންތެރިން ކުރި ކަމެއްގެ އަދަބު ލިބެންވާނީ އެ ކުޅުންތެރިންނަށް. މުޅި ޓީމު ވަގުތުން ފުރައިގެން ދާން މިނިސްޓަރު އެންގުމަކީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. ކަމުގެ ހަގީގަތް އެނގޭ މީހަކު ކިޔައިދިނެވެ.

ރިޕޯޓްތައް ބުނާ ގޮތުން، މިނިސްޓަރުގެ ކުއްލި ނިންމުމާ އެކު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފައިވާ މާޒިޔާއިންވެސް ހިތްހަމަ ނުޖެހުނެވެ. މިނިސްޓަރުގެ ނިންމުމުގެ ސަބަބުން އުސޫލުތަކަށް ފުރިހަމައަށް ތަބާވަމުން ދިޔަ މާޒިޔާއަށްވެސް ލިބުނީ ބޮޑު ގެއްލުމެކެވެ. ބެންގަލޫރު ޓީމު ފުރައިގެން ދާން މަހްލޫފު އެންގި އެންގުމާ އެކު ދިވެހި ފުޓްބޯޅަ އަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވިފައިވާއިރު، އޭއެފްސީ މެޗުތައް ހޯސްޓްކުރަން އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެކަކީ މަހްލޫފުއެވެ. މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވަމުންދާ ހާލަތުގައި މާލޭގައި އޭއެފްސީ މެޗުތައް ބޭއްވުމާ ދެކޮޅަށް އާއްމުން ޝުއޫރު ފާޅުކުރަމުން ދިޔަ އިރު މަހްލޫފު ވިދާޅުވީ މެޗުތައް ކުރިއަށް ނުގެންދެވިއްޖެ ނަމަ ރާއްޖެ ސަސްޕެންޑް ކޮށްފާނެ ކަމަށެވެ. 

މިކަން ނުކޮށްފިކަމަށްވާނަމަ، އަޅުގަނޑުމެންނަށް ބައިވެރި ނުވެވިއްޖެ ކަމަށްވާނަމަ އޭއެފްސީން ރާއްޖެ ސަސްޕެންޑް ކުރުން ކަހަލަ ނޫން ނަމަ ހަމަގައިމުވެސް ރާއްޖޭގެ މި ކުލަބުތަކަށް ދެން އެ ފުރުސަތު ގެއްލުން ކަހަލަ ކަންކަންވުމުގެ ފުރުސަތު ވަރަށް ބޮޑު.

ރިޕޯޓްތައް ބުނާ ގޮތުން އޭއެފްސީ ކަޕުގެ މެޗުތައް ދެން އޮންނާނީ އަންނަ މަހު ފަހުކޮޅުއެވެ. އަދި ދެން އަލުން ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ބާއްވަން އޭއެފްސީން ފުރުސަތު ނުދޭނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ބެލެވޭ ގޮތުގައި ދެން މެޗުތައް ކުޅޭނީ އިންޑިޔާ ނުވަތަ ބަންގްލަދޭޝްގައެވެ. އެ ދެ ގައުމަކުން ކުރެ ގައުމަކުން މެޗުތައް ހޯސްޓް ކުރަން ބޭނުން ނުވެއްޖެ ނަމަ ގަތަރުގައި މެޗުތައް ކުޅުމުގެ ވިސްނުމެއް އޭއެފްސީން ގެންގުޅޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް