ads
ވިއްސާރައިގަ ބްރިޖު ޕްލެޓްފޯމްގެ ފުރާޅު އެއްލާލައިފައި-
ވަޔާ ދާގޮތަށް ތަކެތި ނުބަހައްޓުމަށް ޕްލޭނިން މިނިސްޓްރީން އެދިއްޖެ
ވައި ގަދަވުމުގެ ސަބަބުން ވަޔާ ދާގޮތަށް ތަކެތި ނުބެހެއްޓުމަށް ޕްލޭނިން މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އިމާރާތްތަކާއި، އިމާރާތް ކުރަމުންދާ ތަންތަނުގައި ބަހައްޓާފައިވާ ތަކެއްޗާއި، ހަރުކޮށްފައިވާ ތަކެތި ހުރީ ވަޔާ އެއްލާނުލާނެ ފަދަ ގޮތަކަށް ރައްކާތެރިކޮށްކަން ކަށަވަރު ކުރުމަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކޮށް ވައިބާރުވެ އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ކުރި ވިއްސާރައިގައި މާލޭގައި ހުންނަ ބްރިޖް ވިއުގެ ފުރާޅުވެސް ވަނީ އެއްލާލާފައެވެ. 

އަދި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އަތޮޅުތެރޭގެ ރަށްރަށަށްވެސް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. 

އެގޮތުން ރ. މަޑުއްވަރިއަށް އުދައިގެ އަސަރު ކޮށްފައިވާއިރު ކ. ތުލުސްދޫއަށް އުދައަރައި މީހުން ދިރިއުޅޭ ފަސް ގެއަކަށް ވަނީ ލޮނުގެ އަސަރު ކޮށްފައެވެ. 

ހަމައެހެންމެ މާލެ އަތޮޅު ދިއްފުށްޓަށް އުދައަރައި ސްކޫލް ފަދަ އިމާރާތްތަކާއި ވަރަށް ގިނަ ގެތަކަށް ލޮނުގެ އަސަރު ކޮށްފައިވާ ކަމަށް އެރަށުގެ ކައުންސިލުން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް