ads
ލަމް އިންސްޓަގްރާމް ހިއްސާކުރި ފޮޓޯ
ލަމް ބަނޑުބޮޑު ވެއްޖެ
މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި މޯލްޑިވިއަން އައިޑަލް ސީޒަން-2ގެ ހޯސްޓް ލަމްހާ ލަތީފް ބަނޑުބޮޑުވެއްޖެ އެވެ.

ލަމް ބަނޑުބޮޑުވިކަން އިއުލާނު ކޮށްފައި ވަނީ އިންސްްޓަގްޗރާމް މެދުވެރިކޮށެވެ. ބަނޑުބޮޑު ފޮޓޯއަކާއި އަލްޓްރަ ސައުންޑް ސްކޭނެއްތަކެއްގެ ފޮޓޯ ހިއްސާ ކުރަމުން ލަމް ބުނެފައި ވަނީ އޭނާ އާއި އޭނާގެ ފިރިމީހާއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އިއުލާނު ކުރާ ކަމަށެވެ.

އުފަން ނުވާ ދަރިފުޅު ދެކެ މިހާރުވެސް ވަަރަށް ލޯބިވާ ކަމަށާއި އަބަދުވެސް ލޯބިވާނޭ ކަމަށް ލަމް ބުނެފައި ވެއެވެ.

ލަމް ބުނެފައި ވަނީ އޭނާ ފާއިތުވެދިޔަ ދުވަސްތަކުގައި އިންސްޓާގްރާމްގައި އެހާ އެކްޓިވްނުވީ ބަނޑުބޮޑުވިކަން އެނގުމުން ކަމަށާއި އޭނާގެ ފޭނުންނާ އެކުގައި ކުރިއަށް އޮތް ދުވަސްތައް ހިއްސާކުރުމަށް ވަރަށް ކެތްމަދުވެފައިވާ ކަމަށެވެ.

ލަމް ކައިވެނިކޮށްފައިވަނީ ގިނަދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަހްމަދު މުއާޒް ( ކުޑަމުއާ)އާ 2017 ވަނަ އަހަރުގަ އެވެ.

ލަމްއާ ކުޑަމުއާ ކައިވެނި ކުރި އިރު ލަމްވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާއާ އެކު މީގެ ކުރިން ލަވައެއްވެސް ކިޔައިފައެވެ. ދި ޕްލަސް އިން ގެނެސްދިން " އެންމެ ރީތި" ޝޯގައި މި ދެ ފަންނާނުންވަނީ އެކުގައި ލަވައެއް ކިޔާފައެވެ.

ލަމް އެންމެ ފުރަތަމަ ލަވަ ކިޔުމުގެ ތެރެއަށްވަނީ ސްކޫލު ކުދިންގެ ލަވަަ މުބާރާތުގެ ތެރެއިންނެވެ. އެއަށްފަހު އޭނާ މަޝްހޫރު ވެގެންދިޔައީ ޓީވީއެމް އިން ގެނެސްދިން " އެހަނދާނުގައި" ޝޯގެ ތެރެއިންނެވެ.

ޒުވާން ލަވަ ކިޔުންތެރިއާ ލަވަކިޔުމުގެ ރޮނގުން ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު ދެން އޭނާ ގިނަ ބަޔަކު ސިއްސުވާލީ ރާއްޖޭގެ ހަމައެކަނި ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑަލް"ގެ ހޯސްޓެއްގެ ގޮތުން ޖާގަ ހޯދުމާ އެކުއެވެ. ގިނަ އަންހެން ޕްރެޒަންޓަރުން ފަހަތަށް ޖައްސާލުމަށްފަހު ލަމް މޯލްޑިވިއަން އައިޑަލްއިން ޖާގަ ހޯދިއިރު އޭނާ ވަނީ އެ ޝޯ ވަރަށް ފުރިހަމައަށް ހުށައަޅައިދީ ގިނަ ބައެއްގެ ތައުރީފް ހޯދައިފައެވެ.

56%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް