ބިޔައްދޫ އައިލެންޑު ރިސޯޓުގެ މުވައްޒަފުންތަކެއް ފަތުރުވެރިންތަކަކާއިއެކު---
ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލް: މިނިސްޓްރީ
Share
ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ރައްކާތެރި އެއް ފަތުރުވެރިި މަންޒިލް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 95 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ދީ ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން %65 މުވައްޒަފުން ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައި ކަމަށް މިނިސްޓްރީން ފާހަގަ ކުރެއެވެ. 

ކޮވިޑާއެކު ހިދުމަތް ދިނުމު 10 މަހުގެ ތަޖުރިބާ ދިވެހި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިފައިވާއިރު، މިހާރު ރާއްޖެ ވަނީ މުޅި ދުނިޔޭގައިވެސް އެންމެ ރައްކާތެރި އެއް ފަތުރުވެރި މަންޒިލަށް ވެފައި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ދުނިޔޭގެ ޓްރެވަލް އެންޑް ޓުއަރިޒަމް ކައުންސިލުން ރާއްޖެއަށް ސޭފްޓީ ސްޓޭމްޕް ދީފައިވަނީ ކޮވިޑް ވެކްސިން ބޭނުން ކުރަން ފެށުމުގެވެސް ކުރިން ކަމަށް މިނިސްޓްރީން ބުނެއެވެ. 

މިނިސްޓްރީގެ މި ޓުވިޓާއެކު ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވަނީ މިކަން ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތަކަށް ޝުކުރު އަދާކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް