ads
ޗެލްސީ ކުޅުންތެރިން ޗެމްޕިއަންސް ލީގު ޓްރޮފީއާ އެކު އުފާފާޅުކުރަނީ
ޗެމްޕިއަންސް ލީގު: ސިޓީ ބަލިކޮށް ޗެލްސީއަށް ތަށި
ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޗެލްސީން ހޯދައިފިއެވެ. ޗެލްސީ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މެންޗެސްޓަ ސިޓީ އެއް ލަނޑު ސުން ލަނޑުން ބަލިކޮށްގެނެވެ.

ހޮނިހިރު ދުވަހުގެ ރޭ ޕޯޗުގަލްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ޗެލްސީން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑުވެސް މެއެވެ. މި ގޯލާ އެކު ޗެލްސީއަށް ޗެމްޕިއަންސް ލީގު ލިބިފައިވާއިރު މިއީ އެ ޓީމުން ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މެންޗެސްޓަ ސިޓީއަށް އަދި އަލަށްވެސް ޗެމްޕިއަންސް ލީގު ލިބިފައެއް ނުވެއެވެ.

ފައިނަލް މެޗު ކުޅުނީ ޕޯޗުގަލްގެ ޕޯޓޯގެ އެސްޓަޑިއޯ ޑްރަގާއޯ ސްޓޭޑިއަމްގައެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް