ads
ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިޔުއެސްސީގެ ވަޒީފާއަށް ދެން ހުށަހެޅޭނީ ހަމައެކަނި އޮންލައިންކޮށް
މިއަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ވަޒީފާއަށް ދެން ހުށަހެޅޭނީ ހަމައެކަނި އޮންލައިންކޮށް ކަމަށް އެކުންފުނިން ނިންމައިފިއެވެ.

އެގޮތުން، އޮންލައިން އެޕްލިކޭޝަން ލިންކް،  ގައިވާ ފޯމް ފުރުއްވުމަށްފަހު އޮންލައިންކޮށް ވަޒީފާ ތަކަށް އެދި ހުށައެޅޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭގޮތް ހަމަޖައްސާފައިވަނީ، އެކުންފުނީގެ އޮންލައިން ހިދުމަތްތަކާއި އަދި ޑިޖިޓަލައިޒޭޝަން ޕްރޮސެސް އިތުރަށް ފުޅާކޮށް، ހަރުދަނާކޮށް، ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުންނެވެ. 

އަދި މިގޮތަށް ބަދަލު ގެނައުމުގެ މަގްސަދަކީ ތިމާވެއްޓާއި ރައްޓެހި، އަދި ރައްޔިތުންނާއި ވީހާވެސް ގާތުން ލުއިފަސޭހަގޮތެއްގައި، ވަޒީފާއަށް އެދި ހުށައެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މިބަދަލާއެކު އޮންލައިންކޮށް، ކޮންމެ ވަގުތެއްގައި، ކޮންމެތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއި އެކު ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަޒީފާއަށް އެދޭ ފަރާތްތަކަށް ލިބިގެންދާނެއެވެ.

މިގޮތަށް އޮންލައިންކޮށް ވަޒީފާތަކަށް އެދި ހުށައެޅޭގޮތް ހަމަޖެހިގެންދިޔުމުން، ވަޒީފާއަށް އެދި ހުށައެޅުމާއި ވަޒީފާއަށް މީހުން ހޮވުމުގެ މަރުހަލާތަކުގައި ކަރުދާސް ބޭނުންކުރެވޭ މިންވަރު ދައްވެ، ތިމާވެއްޓަށް ހެޔޮ އަސަރުތަކެއް ކުރުމަށް މަގުފަހިވެގެންދާނެއެވެ.

 ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާތީ އެމްޑަބްލިއުއެސްސީންވެސް އެކުންފުނީގެ ގިނަ ހިދުމަތްތައް ދެމުން އަންނަނީ އޮންލައިންކޮށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އެކުންފުނީގެ ހިދުމަތް ހޯދުމަށް އޮންލައިން ޕްލެޓްފޯމުތައް ބޭނުންކުރުމަށް އެކުންފުނިން ވަނީ އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް