މިމަހުގެ ތެރޭގައި އައި އެއްލައްކަވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން--
ކަންބޮޑުވާ ދަރަޖައަށް ފަތުރުވެރިކަން ދަށަށް ހިނގައްޖެ: ތަފާސް ހިސާބު
Share
ކަންބޮޑުވާ ދަަރަޖައަށް ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ހިނގައްޖެއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ ފުރަތަމަކޮޅު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާ ބަލާއިރު މިމަހުގެ ފަހުކޮޅު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. 

މިމަހުގެ ފުރަތަމަ ދުވަހު 3،815 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، އިއްޔެ ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1،270 ފަތުރުވެރިންނެވެ. މިއީ 2،545 ގެ މަދުވުމެކެވެ. އަދި މުޅި މަހަށް ބަލާލި ނަމަވެސް ފެނިގެންދަނީ ފުރަތަމަ ދުވަހުން ފެށިގެން ފަތުރުވެރިކަން ދަށްވަމުން އަންނަ މަންޒަރެވެ.

your imageމިމަހުގެ ތެރޭގައި ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި މިންވަރު

މިމަހަކީ އެވްރެޖްކޮށް ބަލާއިރު އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރާ މަހެވެ. މިމަހުގައި އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 2,131 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެ އެވެ. މިއަހަރުގެ ދެން އެންމެ މަދުން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވނީ ޖެނުއަރީ މަހު އެވެ. އެމަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 2971 ފަތުރުވެރީންނެވެ. 

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 449,424 ފަތުރުވެރިންނެވެ.

މީގެތެރެއިން 23.1 އިންސައްތައިގެ ހިއްސާއަކާ އެކު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން މިއަހަރު ރާއްޖެއަށް 103,817 މީހުން ޒިޔާރަތް ކޮށްފަ އެވެ. އަދި 20 އިންސައްތައިގެ ހިއްސާއަކާ އެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން މިއަހަރު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 89,885 ފަތުރުވެރިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް