ads
ޑރ. ޝައިނީ---
ޝައިނީގެ އިންޒާރެއް ސަރުކާރަށް: މަށާ ނުކުޅޭތި
މި ސަރުކާރު ދެމި މިއޮތީ ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ.ޝައިނީ އާ ހެދި ކަމަށް ވިދާޅުވެ އޭނައާ ކުޅެން ނޫޅުމަށް ޝައިނީ އިންޒާރު ދެއްވައިފިއެވެ.

ޝައިނީ ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވެގެން އުޅޭ އޯޑިއޯއެއްގައި ޝައިނީ ވިދާޅުވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑަށް ބައިވެރިވެފައިވަނީ މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރުގެ ފަރާތްތައް ކަމަށެވެ. 

އެ ހުރިހާ ކަމެއްގެ ހެކި ލިބޭނެ އޯޑިއޯއާއި ޑޮކިޔުމެންޓްސް އޭނާ އަތުގައި އެބަ ހުރި ކަން ފާހަގަކުރައްވައި ޝައިނީ ވިދާޅުވީ ގައުމުން ބޭރަށް ފުރައިގެންދިޔައީ އެެހެންވެ ކަމަށެވެ. އަދި ޔޫއެސްއަށް ގޮސް އެތަނުގައި އެއްޗެހިތައް ބަހައްޓާފަ އައީ ކަމަށް ވިދާޅުވާ އަޑުވެސް އޯޑިއޯގަ އިވެއެވެ.

"މަށަށް އިގޭ ހުރިހާ މީހުން ތިބި ހާލުވެސް، ދެން ކީއްކުރަން ވަކި މީހެއްގެ ވާހަކަ ދައްކަންވީ އެހެންވީމަ މަށާނުކުޅޭށޭ މަމިބުނަނީ، މަށާ ކުޅެފިއްޔާ މަވެސް ޖެހޭނީ.... މި ސަރުކާރު މިއޮތީ މަށާހެދިއޭ އަހަރެމެން އެއްޗެއް ނުބުނެ މިހެން މަޑުމަޑުން ތިއްބަކަސް. އިބޫއަށް ޕްރެޒިޑެންޓްކަން ލިބުނީވެސް މަށާ ހެދި. އަހަރެން އިބޫއާއެެކު ނެގޯސިއޭޝަން ހެދުމުގެ ތެރެން، މަށަށް އިގޭ ހުރިހާ މީހުން ތިބި ހާލުވެސް، ދެން ކީއްކުރަން ވަކި މީހެއްގެ ވާހަކަ ދައްކަންވީ އެހެންވީމަ މަށާނުކުޅޭށޭ މަމިބުނަނީ، މަށާ ކުޅެފިއްޔާ މަވެސް ޖެހޭނީ... މި ސަރުކާރު މިއޮތީ މަށާހެދިއޭ އަހަރެމެން އެއްޗެއް ނުބުނެ މިހެން މަޑުމަޑުން ތިއްބަކަސް" ޝައިނީ

ގާތްގަނޑަކަށް 04:53 މިނިޓުގެ އެ އޯޑިއޯގައި ބައެއް ތަންތަންކޮޅު ކަނޑާފައި ހުރިކަންވެސް ފާހަގަކުރެވުނެއެވެ. އެހެންކަމުން ފަހުން ސަރުކާރާއި ބެހޭގޮތުން ދެކެވުނު ވާހަކަތަކުގެ ސީދާ ސާފު ތަފްސީލުތަކެއް އެއޯޑިއޯއަކުން ނޭގެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ރައީސް ޔާމީން އާއި މިހާރުގެ ސަރުކާރުގެ ސިޔާސީ ބޭފުޅުންގެވެސް ފަތިފުއްހާމަވެގެންދާ މި އޯޑިއޯ ލީކުވުމާއި ގުޅިގެން އާއްމުންގެ ފާޑުކިޔުންވަނީ ސަރުކާރަށްވެސް އަމާޒުވެފައެވެ. އަދި ސިޔާސީ ގޮތުން ދައުލަތުގެ ތެރެއިން ދޮވެވިގެންދާ ރައްޔިތުންގެ ފައިސާއިން ސިޔާސީ މަގުސަދުތައް ހާސިލުކުރަމަށް ކުރާ މިފަދަ އަމަލުތައް ފެނި "ސޯލިހޭ، ގައުމަށް ހެޔޮއެދޭ" ހަމައެކަކުވެސް ނެތްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

8%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް