ads
ކްރިޝްޓިއަން ލައިޑަން
ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް!
އެންގޭޖްމެންޓް ރިންގްގައި ޖަހާނެ ޑައިމަންޑް، އަމިއްލައަށް ހޯދުމަކީ ވޮޝިންޓަން އަށް ނިސްބަތްވާ ކްރިސްޓިއަން ލައިޑަންގެ ވަރަށް ބޮޑު ހުވަފެނެކެވެ. ނަމަވެސް މި ހުވަފެން ހަގީގަތަކައް ވެދާނެކަމީ އޭނާ މީގެ ކުރިން ހީކުރި ކަމެއް ނޫނެވެ.

ސީއެންއެން އަށް މައުލޫމާތު ދެމުން ލައިޑަން ބުނެފައިވަނީ މި ހުވަފެނަކީ ސުކޫލް ދައުރުންފެށިގެންވެސް އޭނާ ދެކެމުން އަންނަ ހުވަފެނެއްކަމަށެވެ. ނަމަވެސް އޭރު މިކަން ހަގީތަކަށް ވެދާނެކަމަށް ހީނުކުރާ ކަމަށާއި، އަދި މިކަން ކުރާނެ ގޮތެއްވެސް އޭރު ނުވިސްނޭކަމަށެވެ. އެހެންނަމަވެސް ސްކޫލް ދައުރު ނިމި އޭނާ ބޮޑުވެގެން އައިއިރު ޑައިމަންޑް ހޯދުމަކީ ކިހާ އުނދަގޫކަމެއްކަން ހޯދައި ދެނެގެނެވުނުކަމަށެވެ. 

އެހެން ނަމަވެސް ލައިޑަން އާއިއެކު މަސައްކަތްކުރާ އެކުވެރިއެއް އާކަންސޯގެ ކްރެއިޓާ އޮފް ޑައިމަންޑް ސްޓޭޓް ޕާކްގެ ވާހަކަ ބުނުމުން އޭނާގެ ހުވަފެން ހަގީގަތަކަށް ބަދަލު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބުނުކަމަށް ލައިޑަން ބުންޏެވެ. އަދި ލައިޑަން ލޯބީގެ ގޮތުން ޑެސްރެއީ އާއި ގުޅިގެން އުޅޭތާ މިހާރު ދެ އަހަރު ވެފައިވާއިރު، މި އެންގޭޖްމަންޓް ރިންގުގެ ހައްގުވެރިޔަކީ ޑެސްރެއި އެވެ. 

ހުވަފެން ހަގީގަތަކަށް ހެދުމަށް ލިބުނު އުންމީދާއި އެކު ޑައިމަންޑް ހޯދާނެ ގޮތުގެ ޕްލޭންތައް ކުރަން ފެށިއެވެ. އެގޮތުން އެ ޕާކުން ޑައިމަންޑް ހޯދާފައިވާ ފަރާތްތަކުގެ ވީޑިއޯތައް ބެލުމާއި، އެކަމާ ބެހޭގޮތުން އިތުރު މައުލޫމާތުތައް ހޯދިއެވެ. އެޔަށްފަހު ޑައިމަންޑް ހޯދުމުގެ ދަތުރު ފަށަން ނިންމި އެވެ. މި ދަތުރުގައި ލައިޑަންގެ ގާތް ރަހުމަތްތެރިޔާ ޖޯޝް ވެސް ބައިވެރިވާން ނިންމިއެވެ. އަދި ޑައިމަންޑް ހޯދަން ބޭނުންވާނެ ވަސީލަތްތައް ތައްޔާރުކުރީ އަމިއްލަޔަށް ކަމަށްވެސް އޭނާ ވަނީބުނެފައެވެ. 

ލައިޑަން ދަތުރު ފެށީ އޭނާގެ ލޯބިވެރިޔާ ޑެސްރެއީ ގާތުގައި، ރޯޑްޓްރިޕަކަށް ދަނީކަމަށް ބުނެފައެވެ. އަދި މި ދަތުރުގައި ލައިޑަން ގިނަ ޕާކްތަކަށް ދާން ރާވާފައިވާކަން ޑެސްރެއީ އަށް އެނގުނު ނަމަވެސް މި ދަތުރުގެ އަސްލު މަގުސަދު އޭނާއަށް ނާންގާ ކަމަށް ލައިޑަން ބުންޔެވެ. ސަބަބަކީ ދަތުރު ނިންމާލުމަށް ފަހު ލައިޑަން ބޭނުންވަނީ ޑެސްރެއީ އަށް ޕްރޮޕޯސް ކުރާށޭވެ. އޭނާ ޕްރޮޕޯސް ކުރަން ބޭނުންވަނީ ސަޕްރައިޒް އެއް ގޮތަށްކަމައްވާތީއެވެ. 

މި ދަތުރު ލައިޑަން އަދި ޖޯޝް ފެށީ މޭ މަހުގެ އެއްވަނަ ދުވަހުއެވެ. މި ދަތުރުގައި އެމީހުން އެންމެ ފުރަތަމަ މަޑުކުރީ މޮންޓަނާގައެވެ. ދެން ދެމީހުން މިސްރާބު ދެން ފެށީ އާކަންސޯއަށެވެ. ހުއި ތަކެއް ތެރެއިން ތިނޯހެއް ހޯދުން ކަހަލަ އުންމީދަކާއެކުގައެވެ. މި ދެމީހުނަށް އާކަންސޯއަށް ދެވުނީ މޭ ހަތްވަނަ ދުވަހުއެވެ.  

ފުރަތަމަ ދެ ދުވަހު ޑައިމަންޑް ހޯދަން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް އެއްވެސްކަހަލަ ކާމިޔާބީއެއް ލިބޭނެގޮތެއް ނުވިއެވެ. އެހެން ކަމުން ޖެހިގެން އައި ދުވަހު މި ދެމީހުން ނިންމީ ތަފާތު ގޮތަކަށް މަސައްކަތްފަށާށެވެ. އެގޮތުން ބިންމަތީގައި ހުރި ހިލަތައް ބަލަންފެށިއެވެ. މިގޮތުގައި ދުވަސް ނިމެން ކައިރިވި އިރުވެސް އެއްވެސް ކާމިޔާބީއެއް ނުލިބުނުކަމަށް ލައިޑަން ބުންޔެވެ. ނަމަވެސް ދުވަސް ނިމުމަކަށް އައި އިރު މިވަނީ ލައިޑަންގެ ހުވަފެނުގައި ކުލަޖެހިފައެވެ. ލައިޑަން އަށް ހައިރާންކަން ލިބުނީ ފެނުނު 2 ކެރޮޓް ޔެލޯ ޑައިމަންޑުންނެވެ. ޑައިމަންޑް ފެނުމާއި އެކު އޭނާ ތުރުތުރު އަޅަން ފެށިއެވެ. ލައިޑަން އެވަގުތު ޖޯޝްއަށް އަތުން ހަނާއެޅުމަށްފަހު ޑައިމަންޑް ދެއްކިއެވެ. އެވަގުތު ލައިޑަން ހުރީ ކުއްލި ޝޮކެއްގެ ތެރޭގައިކަމަށް ޖޯޝް ވަނީ ބުނެފައެވެ. އެހެންކަމުން ޑައިމަންޑް ނެގީ ޖޯޝްއެވެ. އަދި ދަބަހަކައްލައި ނުވެއްޓޭނެހެން ރައްކާކުރިއެވެ. 

އެޔައްފަހު އެމީހުން އަވަސްވެގަތީ ޑިސްކަވަރީ ސެންޓަރަކަށް ދިއުމަށެވެ. ލައިޑަން އަށް ފެނުނު ޑައިމަންޑުގައި 2.2 ކެރޮޓް ހުރި ކަމަށާއި އަދި މިއީ މި ނިމުނު އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން އެތަނުން ފެނުނު އެންމެ ބޮޑު ޑައިމަންޑް ކަންވެސް ޑިސްކަވަރީ ސެންޓަރުން ވަނީ ބުނެފައެވެ. 

މި ދަތުރު ނިންމާލުމަށް ފަހު ލައިޑަން މިހާރު ވަނީ އޭނާގެ ލޯބިވެރިޔާއަށް ކައިވެނިކުރަން ޕްރޮޕޯސް ކޮއްފައެވެ. މިހާރު މި ދެމީހުން ދަނީ އެދެމީހުންގެ ކައިވެނީގެ އަނގޮޓި ޑިޒައިން ކޮއްދޭނެ ފަރާތެއް ހޯދަމުންކަމަށްވެސް ލައިޑަން ވަނީ ބުނެފައެވެ. 

your imageލައިޑަން އާއި އޭނާގެ ލޯބިވެރިޔާ 

އިތުރަށް ލައިޑަން ބުނެފައިވަނީ ހުރިހާކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށްކަމަށެވެ. އޭނާ އުންމީދުކުރީ އަނގޮޓިއެއްގައި ޖެހޭވަރުގެ ޑައިމަންޑަކަށެވެ. ނަމަވެސް ލިބުނު ޑައިމަންޑް އުންމީދު ކުރިވަރައްވުރެ މާ ބޮޑެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް