ޕްލާސްޓިކް
ޖޫން 1ގެ ކުރިން ބިލްދައްކާފައި ހުރިނަމަ ޕްލާސްޓިކް އެތެރެކުރެވޭނެ
Share
މުދަލެއްގެ ބިލް އޮފް ލެޑިން ނުވަތަ އެއާވޭ ބިލް 1 ޖޫން 2021 ގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުރުސަތު ދޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މިއަންނަ ޖޫންމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕްލާސްޓިކްގެ ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ނިންމާފައެވެ. 

ނަމަވެސް މިބަދަލު ގެނައީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ގިނަގުނަ ދަތިތަކެއް ހުރުމާއެކު، ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ކަމަށް އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގެޒެޓްކުރި ރައީސްގެ ގަރާރުން ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅިއާއި، ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ ފަދަ ތަކެއްޗާއި، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކްގެ އިތުރުން ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި ރާއްޖެ އެތެރެ ކުރުން ވަނީ މާދަމާއިން ފެށިގެން މަނާ ކޮށްފައެވެ. 

ހަމައެހެންމެ ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކްގައި ބަންދު ކޮށްފައި ހުންނަ އިމްޕޯޓު ސުޕާރީއާއި، 250 މިލިލީޓަރަށްވުރެ ކުޑަ އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކާއި، ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރުގެ އިތުރުން 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި އެތެރެކުރުންވެސް މާދަމާއިން ފެށިގެން މަނާވާނެއެވެ.

އަދި ރާއްޖެއަށް އިމްޕޯޓުކުރާ 500 އެމްއެލްއަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެރި އެތެރެ ކުރުންވެސް މާދަމާއިން ފެށިގެން މަނާވާނެ ކަމަށް ރައީސް އޮފީހުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި، 50 އެމްއެލް އިން ފެށިގެން 200 އެމްއެލް އާއި ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ އާއި ސައިބޯނިފުޅި އެތެރެކުރުން މިއަންނަ އަހަރުގެ ޑިސެންބަރު އެކަކުން ފެށިގެން މަނާ ވާނެއެވެ. 

އަދި ރާއްޖެއަށް އެތެރެކުރާ އެއްލީޓަރާއި އެއްލީޓަރަށްވުރެ ކުދި ޕީޓީއައި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެތެރެ ކުރުން 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މަނާވާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް