ads
މެމްބަރު އިމްތިޔާޒް ފަހުމީ--
ޑިފެންސް މިނިސްޓްރީން ހަނު އޮތުމުން އިންތި ކަންބޮޑުވުން ފާޅުކުރައްވައިފި
ދިފާއީ ބާރުގެ ތެރެއިން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރީގެ ގިނަ ކަން ކަން ހާމަކޮށްފައިވާއިރު، ޑިފެންސް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފައިނުވާތީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި!" ނަމުގައި އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެން މަޖިލީހުގެ 241 ކޮމެޓީން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

މި މައްސަލައަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންތި ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގައި ވެސް އެންމެ މަތީ ދަރަޖައަކަށް ފުރާނަ ނުރައްކާވާނެ ކަމަށް އަންގާފައިވާ ފަރާތް ކަމަށެވެ.

އަދި މިގޮތަށް މިކަން އޮތް އިރު އެމަނިކުފާނަށް ސެކިއުރިޓީ ދޭން އޮތް ފަރާތުން، އެމަނިކުފާނުގެ ސެކިއުރިޓީގެ ގިނަ މައުލޫމާތުތަކެއް މީޑިއާއަށް ދިނުމަކީ ކަންބޮޑުވާން ޖެހޭ ވަރު ކަމެއް ކަމަށެވެ. 

އިންތި ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އޭނާ ވިދާޅުވީ މިއީ އަމިއްލަ ގެއިން ވައްކަން ކުރުން ފަދަ ކަމެއް ކަމަށާއި މިއީ ގާނޫނާ މުޅިން ހިލާފު ކަމެއް ކަމަށެވެ.

އަދި އެމްޑީޕީގެ ފަރާތުން މިކަމާމެދު ކަންބޮޑުވެ، ނޫސްބަޔާން ނެރެފައިވާއިރު ވެސް ސެކިއުރިޓީ ފޯރުކޮށްދޭ ސަލާމަތީ ހިދުމަތްތަކުން މިކަމާ މެދު ހަނު ތިބުމަކީ އޭގެ ސަބަބުން ވަރަށް ނުބައި މެސެޖެއް ދޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިގޮތަށް މައުލޫމާތު މީޑިއާއަށް ދެވިފައިވާއިރު، އަޅުގަނޑަށް ވަރަށް ޝައްކު ކުރެވޭ ހިސާބަށް އެބަދޭ، އަނެއްކާ ބޮން ގޮއްވާ ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް އެރޭވި ރޭވުމުގައި އަޑީގަ ތިބި މީހުންނަށް މައުލޫމާތު ދިނީ ނޫހަށް މި މައުލޫމާތު ދިން ފަރާތުން ނޫން ބާވައޭ" އިންތި ވިދާޅުވިއެވެ.

މިގޮތަށް ހަނު ތިބުމުން އެ މިނިސްޓްރީން އެ މައުލޫމާތު ހާމަކުރީ އެފަރާތުން ކަމަށް އިއުތިރާފުވެވޭ ކަމަށާއި މިކަމަކީ އެތެރެއިން ގުޅިގެން ހިންގި ޕްރޮޕެގެންޑާއެއްގެ ގޮތުގައި އިންތި ވަނީ ސިފަކުރައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް