ads
ފެރީ--
އެމްޓީސީސީގެ 9 ދަތުރެއް ކެންސަލް ކޮށްފި
މޫސުން ގޯސް ވުމާއި ބައެއް ރަށްރަށް މޮނިޓަރިން އަށްލާފައި ވުމާ ގުޅިގެން މިއަދު ކުރުމަށް ހަމަޖެހިފައިވާ އެމްޓީސީސީގެ ނުވަ ދަތުރެއް ކެންސަލް ކޮށްފިއެވެ.

އެގޮތުުން މޫސުން ގޯސްވުމުގެ ސަބަބުން ތިން ދަތުރެެއްވަނީ މެދު ކަނޑާލާފައެވެ. މީގެތެރޭގައި ހިމެނެނީ ހއ. ފިއްލަދޫން ހދ. ކުޅުދުއްފުއްޓަށް ދާން ހަމަޖެހިފައިވާ ދަތުރަކާއި، ވ. ރަކީދޫން ވ. ފުލިދޫއަށް ދާން ހަމަޖެހިފައިވާ ދަތުރެއްގެ އިތުރުން ގއ. ގެމަނަފުށިން ގދ. ތިނަދޫއަށް ދާން ހަމަޖެހިފައިވާ ދަތުރެކެވެ. 

ހަމައެހެންމެ މޮނިޓަރިންއަށް ރަށްތައް ލާފައިވުމުގެ ސަބަބުންވެސް ފަސް ރަށަކަށް ދާން ހަމަޖެހިފައިވާ ދަަތުރުތައް ވަނީ ކެންސަލް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ރ.އުނގޫފާރަށް، ބ.އޭދަފުއްޓަށް، ތ.ވޭމަންޑޫއަށް، ފ.ނިލަންދޫއަށް އަދި ލ.ފޮނަދޫއަށް ދާން ހަމަޖެހިފައިވާ ދަތުރުތަކެކެވެ. 

މީގެއިތުރުން ޓެކްނިކަލް މައްސަލަތަކާއިހުރެ ވަނީ ދ.މީދޫން ދ.ކުޑަހުވަދޫއަށް ދާން ހަމަޖެހިފައިވާ ދަތުރެއްވެސް ކެންސަލް ކޮށްފައެވެ.

މިއަދު ޖުމްލަ 25 ދަތުރެއް ކުރުމަށް ހަމަޖެހިފައި ވާއިރު، ނުވަ ދަތުރެއް ކެންސަލް ވެފައިވީ ނަމަވެސް ބާކީ 16 ދަތުރު ކުރިއަށްދާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް