ads
ޑރ. ޖަމީލު- ފޮޓޯ:އަވަސް
ދައުލަތުން ރައީސް ޔާމީނު ގުރުބާންކުރުން ހުއްޓާލާ: ޖަމީލު
ދައުލަތުން ރައީސް ޔާމީނު ގުރުބާންކުރުން ހުއްޓާލުމަށް ޔާމީނުގެ ލޯޔަރުންގެ ޓީމުގެ މެމްބަރު މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ވައްކަމުގެ ޖަރީމާތައް ރާވައި ހިންގީ މިސަރުކާރުންކަން ޑރ. ޝައިނީގެ ދައުރުވަމުންދާ އޯޑިއޯއިން ސާބިތުވެއްޖެ ކަމަށެވެ. 

އަދި ރައީސް ޔާމީނަށް ތަކުރާރުކޮށް ދައުވާކުރަނީ ހަގީގީ މުޖްރިމުން ފޮރުވަން ކަމަށާއި، މިހާރުވެސް ދައުވާތައް ބާތިލްވެއްޖެ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. އަދި ދައުލަތުން ރައީސް ޔާމީން ގުރުބާންކުރުން ހުއްޓާލުމަށްވެސް ޖަމީލު ވަނީ ގޮވާލާފައެވެ. 

ހަމައެހެންމެ ސިޔާސީ ބަދަލުހިފަން ޖުޑިޝަރީ ބޭނުންކޮށްގެން ނުވާނެ ކަމަށާއި، އޯޑިއޯއިން އެތައް ކުށެއްގެ އިއުތިރާފް ލިބޭ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. 

މީގެއިތުރުން ތުހުމަތަށް އެކިތަންތަނުން މީހުން ހައްޔަރުކުރާ ކަމަށާއި،. ޝައިނީ އިސްތިސްނާވީ ކީއްވެތޯވެސް ޖަމީލު ވަނީ ސުވާލު އުފައްދާފައެވެ. އަދި ފުލުހުންނާއި ކޮމިޝަންތަކުން އޭނާ ރެކުނީ ކިހިނެއްތޯވެސް ޖަމީލު ވަނީ ސުވާލު އުފައްދާފައެވެ. 

އަދި މުއައްސަސާތައް ބިރުގަންނަން ދިމާވާ ސަބަބަކީ އެމްޑީޕީ ބްލެކްމެއިލްވުން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ. 

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ގިނަ ލާރިލިބުނީ އެމްޑީޕީ މީހުންނަށް ކަމަށްވެސް ޝައިނީ ވިދާޅުވެއެވެ. އަދި މި ސަރުކާރު ދެމި މިއޮތީ އޭނާއާއި ހެދި ކަމަށް ވިދާޅުވެ އޭނައާ ކުޅެން ނޫޅުމަށް ޝައިނީ އިންޒާރު ދެއްވާފައިވެއެވެ. 

ހަމައެހެންމެ އެމްއެމްޕީއާރްސީ މައްސަލަ ބަލަން އެއްވެސް ސަރުކާރަކަށް ނުކުރޭނެކަމަށް ވެސް ޝައިނީ ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް