ads
ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސީއެންއެމް
އަންމަޓީއަށް ވަކިވަކި ދައުވާކޮށްފައިވަނީ ކުށުގެ އުންސުރު ހަމަވާތީ:ޕީޖީ
ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ)ގެ މައްޗަށް ވަކިވަކިން ދައުވާކޮށްފައިވަނީ ވަކި ވަކި މީހުންނަށް އޮޅުވާލުމުގެ ކުށުގެ އުންސުރު ހަމަވާތީކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވިއެވެ.

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި އައްމަޓީގެ މައްޗަށް  42 ދައުވާއެއް އުފުލާފައެވެ. މި ހުރިހާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. 

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްމަޓީގެ މައްޗަށް ވަކިވަކިން ދައުވާކޮށްފައިވަނީ، ކޮންމެ މީހަކަށް ވަކިން އޮޅުވާލުމުގެ އަމަލު ހިންގި ކަމަށް ކުށުގެ އުންސުރު ހަމަވާތީ ކަމަށެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގައި ފުލުހުންނާއި ޕްރޮސިކިއުޓަރުން ލައްކަ މަސައްކަތް ކޮށްފި ކަމަށާއި ދެން އޮތީ ޝަރީޢަތުގައި ސާބިތުކޮށްދިނުމެވެ.  

"އެކަން ކުރެވޭނެއެވެ. ނިޒާމަށް އިތުބާރުއެބައޮތެވެ." ޝަމީމް ވިދާޅުވިއެވެ.

އަންމަޓީގެ މައްޗަށް އުފުލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 12 (ބާރަ) ދަޢުވާ އަކާއި 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ 25 ދައުވާއަކާއި ހަމަ އެ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ (i) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ 05 ދަައުވާއެކެވެ.

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް